ވިޔަފާރި

އައިސް ސްކޭޓިން އަށް ޖުމެއިރާ ވިތަވެލި ތައްޔާރު ވަނީ

ޖުމެއިރާ ކުންފުނިން ރާއްޖޭގައި ހިންގާ ޖުމެއިރާ ވިތަވެލި ރިސޯޓުގައި އައިސް ސްކޭޓް ކުރެވޭނެ ވަސީލަތް ގާއިމް ކުރުމުކޮށް އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

އިނިގޭސިވިލާތުގެ ޓެލެގުރާފުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓެއްގައި ހަދާ ފުރަތަމަ އައިސް ސްކޭޓް ކުރެވޭނެ ރިންކް ހަދަނީ މި ފަދަ އެހެން ތަންތަން ހުންނަ ގޮތާ ހިލާށް ސިންތިޓެކް ސާމާނު ބޭނުންކޮށްގެންނެވެ.

ޖުމެއިރާ ވިލަވެލި މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަމިތު މަޖުމްދާ ވިދާޅުވެފައިވާ ގޮތުގައި މިތަން ހެދުމުގެ މައިގަނޑު ސަބަބަކީ ތަފާތެއް ގެނައުމެވެ.

"ވަރަށް ގިނަ ގެސްޓުން ބޭނުންވޭ ދެވަނަ ފަހަަރަށް ރިސޯޓަށް އަންނަން. އަންނަ ކޮންމެ ފަހަރަކު ރިސޯޓަށް ގެންނަ ބަދަލުތަކުން އަންނަ ހިތްވާނެ،" އަމިތު ވިދާޅުވި އެވެ.

މި ތަން ހެދުމުގެ މަސައްކަތް ކުރަނީ މި ބާވަތުގެ މަސައްކަރް ކުރުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސުވިޒަލޭންޑުގެ ގުލައިސް ކުންފުނިންނެވެ. މި ކަމަށް ބޭނުންކުރަނީ ޕްލާސްޓިކުން ހަދާފައި ހުންނަ ތަކެއްޗެވެ.

ދުބާއީގެ ޖުމެއިރާ ގްރޫޕުން ހިންގާ ވިޓަވެލީގައި އެންމެ މަތީ ފަންތީގެ ހިދުމަތް ދޭ ރިސޯޓެވެ. މިތަނުގައި ހަތް އޯޝަން ސޫޓާއެކު 43 ވިލާގެ އިތުރުން ބީޗް ވިލާތައް ވެސް ހުރެ އެވެ.