ހަބަރު

ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ. އެ ކުންފުނިން މިދިޔަ މަހު ކުރީކޮޅު ވެސް ވަނީ ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފަ އެވެ.

އެގޮތުން މިއަދު ފެށިގެން ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑު ކުރަން އެސްޓީއޯއިން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މިއަދުން ފެށިގެން ޑީސަލް ލިޓަރެއް 9.61ރ. އަށް ލިބޭ އިރު ޕެޓްރޯލް ލިޓަރެއް ލިބޭނީ 9.87 ރ. އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއެކު ރާއްޖޭގައި ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުވަމުން އައި ނަމަވެސް، އެސްޓީއޯއިން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފަ އެވެ. އެއީ އެތަކެތިން ނަގަމުން އައި ޑިއުޓީ ކުޑަ ކުރުމަށް މަޖިލީހުން ފާސް ކުރުމާ ގުޅިގެނެވެ.