ހަބަރު

އުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ރާއްޖެއިން މީހުން އުމްރާއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ ދެވަނަ ދުވަހު ގެޒެޓުކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު"ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޕްރޮޕޯސަލް ފޮތް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

ޕްރޮޕޯސަތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 31 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ޖަހާއިރު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.

އަންނަ އަހަރު އުމްރާއަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން މިހާރުވަނީ ރަޖިސްޓްރަީ ކުރަން ހުޅުވާލާފަ އެވެ.