ލައިފްސްޓައިލް

މިސް ޔުނިވާސް އަކަށް ސައުތު އެފްރިކާގެ ރީތީގެ ރާނީ

Nov 27, 2017

މިސް ވޯލްޑަށްފަހު އެންމެ ގިނަ ބަޔަކު ބަލަން ބޭނުންވީ މި އަހަރުގެ މިސް ޔުނިވާސްގެ ލަގަބު ގެންދާނީ ކޮން އަންހެނެއްތޯ އެވެ. ރޭ ލަސްވެގާސް ގަ ވަނީ މިސް ޔުނިވާސް އިއުލާނުކޮށްފަ އެވެ. މި އަހަރު ނުވަތަ މިސް ޔުނިވާސް 2017 ގެ ތާޖު ގެންގޮސްފައިވަނީ ސައުތު އެފްރިކާ އިންނެވެ. އެ ތާޖު ހޯދާފައިވަނީ ސައުތް އެފްރިކާގެ ރީތީގެ ރާނީ ޑެމީ ލެއި ނެލް ޕީޓާސް އެވެ. މިއީ ސައުތު އެފްރިކާއަށް އެ ލަގަބު ލިބުނު ދެވަނަ ފަހަރެވެ.

މިސް ޔުނިވާސް 2017 ގެ ފުރަތަމަ ރަނަރަޕަކަށް ހޮވިފައިވަނީ ކޮލަމްބިއާގެ ރީތީގެ ރާނީ ލައުރާ އެވެ. އަދި ދެވަނަ ރަނަރަޕަކަށް ހޮވިފައިވަނީ ޖަމައިކާގެ ރީތީގެ ރާނީ ޑެވީނާ ބެނެޓް އެވެ.

މިސް ޔުނިވާސްގެ މަގާމް އުމުރުން 22 އަހަރުގެ ޑެމީއަށް ލިބުނު އިރު ނޯތު ވެސްޓު ޔުނިވާސިޓީ އިން ބިޒްނަސް މެނޭޖްމަންޓުން ޑިގްރީ ހާސިލްކޮށްފަ އެވެ. މިސް ޔުނިވާސްގެ ތާޖާއެކު ޑެމީ އަށް އެއް އަހަރު ވަންދެން މުސާރަ އާއި ނިއުޔޯކް ސިޓީ އިން ލަގްޒަރީ އެޕާޓްމަންޓެއް އަދި އިތުރު އެހެން އިނާމުތައްވެސް ލިބޭނެ އެވެ.

މިސް ޔުނިވާސް 2017 ގެ ގަދަ 13 ގައި ހިމެނުނީ ތައިލެންޑް، ސްރީލަންކާ، ގާނާ، ސްޕެއިން، އަޔަލޭންޑް، ކްރޮއޭޝިއާ، އިނގިރޭސި ވިލާތް، އެމެރިކާ، ބްރެޒިލް، ކެނެޑާ، ފިލިޕީން، ވެނެޒުއޭލާ އަދި ޗައިނާ އެވެ.

މިސް ޔުނިވާސް އެންމެ ފުރަތަމަ ހޮވާފައިވަނީ 1926 ވަނަ އަހަރު އެވެ. މިދިޔަ އަހަރު މިސް ޔުނިވާސް އަކަށް ހޮވިފައިވަނީ ފްރާންސްގެ ރީތީގެ ރާނީ އައިރިސް އެވެ.