ވިޔަފާރި

އުރީދޫން ކޮންމެ ދުވަހަކު "ނޯޓް 8" ގެ ފޯނެއް ދެނީ

Nov 27, 2017

އުރީދޫން ކޮންމެ ދުވަހަކު ސެމްސަންގު ގެލެކްސީ ނޯޓް އަށެއްގެ ފޯނެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އެންޖޯއި ދަ އިންޓަނެޓް" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން، ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވެ އެވެ. މި ޕްރޮމޯޝަންގައި ކޮންމެ ދުވަހެއްގެ ނަސީބުވެރިޔާ ހޮވާނީ އެ ދުވަހަކު މަދުވެގެން 99 ރުފިޔާގެ ޑޭޓާ ހިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަންގައި އުރީދޫގެ ތަފާތު މޮބައިލް ޑޭޓާ ޕެކޭޖުތަކާއި މޮބައިލް ބްރޯޑްބޭންޑް އަދި ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖު ވެސް ހިމެނެ އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރަން އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އުރީދޫގެ ނެޓްވާކަކީ އިންޓަނެޓްގެ ހިދުމަތް ހޯދުމަތް އެންމެ ފަސޭހަ، އެންމެ ފުރިހަމަ ނެޓްވޯކް ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.

"އުއްމީދު ކުރަނީ މިފަދަ އޮފާތަކުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް،" ނަޖީބު ވިދާޅުވެފައިވެ އެވެ.

އުރީދޫއިން ބުނީ، ރާއްޖޭގެ އެންމެ މަގްބޫލު މޮބައިލް ޑޭޓާ ނެޓްވޯކްގެ ގޮތުގައި އެންމެ ރަނގަޅު ފެންވަރުގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.