ހަބަރު

މަހެއް ނުވެ އެމްއާރްޑީސީގެ އެމްޑީ މަގާމުން ވަކިކޮށްފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ޝަފާއު ހަސަން ވަކިކުރައްވައިފި އެވެ.

އެމްއާރްޑީސީގެ އެމްޑީކަމުން ޝިފާއު ވަކި ކުރި އިރު އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ވެސް މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ޝިފާއު އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޕްރައިވަޓައިޒޭޝަންގެ ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓު.

މީގެ ކުރިން ޝަފާއު ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ. އޭނާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ އެސިސްޓެންޓް މެނޭޖަރުކަމުގެ މަގާމާއި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ވެސް މީގެ ކުރިން ކުރައްވާފަ އެވެ.