ވިޔަފާރި

އެމްއެމްޕީއާރުސީއިން އަންނަ އަހަރު ބޭރުގެ 15 ފެއާއަކަށް

Nov 29, 2017
  • ޗައިނާގެ ދެ ފެއާއެއްގައި ބައިވެރިވާނެ
  • މުހިންމު މާކެޓުތަކުގައި އިޝްތިހާރު ކުރާނެ
  • އަންނަ އަހަރުގެ ބަޖެޓަކީ 50 މިލިއަން ރުފިޔާ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަންނަ އަހަރު ބޭރުގެ 15 ފެއާއެއްގައި ބައިވެރިވާން ނިންމައިފި އެވެ.

ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނިން ބުނި ގޮތުގައި އަންނަ އަހަރު އެންމެ ފުރަތަމަ ބައިވެރިވާނީ ޖެނުއަރީ މަހު އޮންނަ ފިތޫރު ފެއާގަ އެވެ.

އަންނަ އަހަރު ބައިވެރިވާ ފެއާތަކުގެ ތެރެއިން ހަތް ފެއާއަކީ ވިޔަފާރި އާއި މުދާ ވިއްކާ ފަރާތްތައް ވެސް ބައިވެރިވާ ފެއާ ތަކެވެ. މީގެ އިތުރުން ފަސް ފެއާއަކީ ހަމައެކަނި ވިޔަފާރީގެ ފެއާ ތަކެވެ. އަދި ޑައިވް އެއް ފެއާގައި އަންނަ އަހަރު ބައިވެރިވާނެ އެވެ. އަދި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގައި ބާއްވާ ދެ ފެއާއެއްގައި ވެސް އަންނަ އަހަރު ބައިވެރިވާނެ އެވެ.

ޗައިނާ މާކެޓަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓު ކަމަށްވީނަމަވެސް، އެ ގައުމުން އަންނަ މީހުންގެ އަދަދު ދަށްވަމުންދާތާ ހަތަރު ވަރަކަށް އަހަރު ވަނީ ވެފަ އެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާ އިން 265,417 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރު އައި 289,123 މީހުންނާ އަޅާބަލާއިރު 8.2 ޕަސެންޓް ދަށް އަދަދެކެވެ.

އެމްއެމްޕީއާރުސީން އަންނަ އަހަރު ފެއާގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، ޖަރުމަނުވިލާތުގެ ދެ ފެއާއަކާއި ރަޝިއާގެ އެއް ފެއާއެއް އަދި އިންޑިޔާ އާއި އިނގިރޭސިވިލާތުގައި ބާއްވާ އެއް ފެއާއެއްގައި ބައިވެރިވާނެ އެވެ. އަދި އިންޑިޔާގެ ފެއާއެއްގައި ބައިވެރިވާނެ އެވެ.

2018 ގެ ފެއާތައް:

- ފިތޫރު ފެއާ
- ބޫޓް ފެއާ (ޖާމަނީ)
- ފެސްޕޯ (ސުއިޒަލޭންޑް)
- އޯޓީއެމް (މުންބާއީ)
- އީއެމްއައިޓީޓީ (ތުރުކީ)
- ރުޓީސް އޭޝިޔާ (އޮސްޓްރޭލިއާ)
- ކޮޓޮމް (ޗައިނާ)
- ޓޫރިޒަމް އެކްސްޕޯ (ޖަޕާން)
- އައިއެފްޓީއެމް، ޓޮޕް ރިސާ (ފްރާންސް)
- ޓީޓީޖީ (އިޓަލީ)
- ސީއައިޓީއެމް (ޗައިނާ)
- ޑަބްލިއުޓީއެމް (ޔޫކޭ)

ރާއްޖެ އިން އަންނަ އަހަރު 15 ފެއާއެއްގައި ބައިވެރިވާއިރު، އަންނަ އަހަރު ޓޫރިޒަމް ބަޖެޓެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާ އެވެ. ސަރުކާރުން ބުނެފައިވަނީ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މި އަދަދަކީ އެކަށީގެންވާ އަދަދެއް ކަމަށެވެ. އަދި ސަރުކާރުން ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އިތުރު ޓޫރިޒަމް ސިނާއަތު ގުޅިގެން އިތުރު ފައިސާ ހޯދާނެ ކަމަށް ބުނެފައިވެ އެވެ.