ލައިފްސްޓައިލް

އިންސްޓަގްރާމްގައި މިއަހަރު އެންމެ ކާމިޔާބު ފޮޓޯތައް!

Nov 30, 2017
3

މި އަހަރަކީ އިންސްޓަގްރާމްގެ ރަސްކަން ކުރީ ކުޑަކުދިންނެވެ. އެންމެ ގިނަ ލައިކްސް ލިބިފައިވަނީ ކުޑަކުދިންގެ ފޮޓޯތަކެވެ. މި އަހަރުގެ މިހާތަނަށް އިންސްޓަގްރާމްގެ ޕޯސްޓު ކުރި ފޮޓޯތަކަށް އެންމެ ގިނަ ލައިކްސް ހޯދާފަ މިވަނީ ސެލެބްރިޓީންނެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބިޔޯންސޭ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ސެލީނާ ގޮމޭޒް އެވެ. އެންމެންގެ ފޮޓޯތައްވެސް ހުރީ ގާތްގަނޑަކަށް އެއް ތީމަކަށެވެ.

އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯއަަކަށްވެފައިވަނީ ބިޔޯންސޭ ބަލިވެއިންކަން އިއުލާނު ކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ޕޯސްޓުކޮށްފައިވާ ފޮޓޯ އެވެ. އެ ފޮޓޯއަށް 11.1 މިލިއަން ލައިކްސް އަދި 546.6 ހާސް ކޮމެންޓު ލިބިފައިވެ އެވެ. އެ ފޮޓޯ ޕޯސްޓުކުރިތާ 24 ގަޑިއިރުގެ ތެރޭގައި އަށް މިލިއަން ލައިކްސް ވަނީ ލިބިފަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ލައިކްސް ލިބިފައިވާ ފޮޓޯ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އަށް އަންހެން ދަރިއަކު ލިބުނުކަން އިއުލާނު ކުރުމަށް މި މަހުގެ 13 ވަނަ ދުވަހު ޕޯސްޓުކޮށްފައިވާ ފޮޓޯ އެވެ. އެ ފޮޓޯއަށް 11 މިލިއަން ލައިކްސް އަދި 147 ހާހަށްވުރެ ގިނަ ކޮމެންޓު ވަނީ ލިބިފަ އެވެ.

ތިން ވަނަ އަސް އެންމެ ގިނަ ލައިކްސް ލިބިފައިވަނީ ސެލީނާ ގޮމޭޒް އަށެވެ. ސެލީނާގެ ކިޑްނީ ޓްރާންސްޕްލާންޓަށްފަހު އޭނާއަށް ކިޑްނީ ހަދިޔާ ކުރި އޭނާގެ ބެސްޓު ފްރެންޑާއެކު ޕޯސްޓުކޮށްފައިވާ އެ ފޮޓޯއަށް 10.3 މިލިއަން ލައިކްސް އަދި 258 ހާހަށްވުރެ ގިނަ ކޮމެންޓު ލިބިފައިވެ އެވެ.

ހަތަރު ވަނައަށް އެންމެ ގިނަ ލައިކްސް ހޯދާފައިވަނީވެސް ކުޑަކުދިންނެވެ. ބިޔޯންސޭ އޭނާއަށް ލިބުނު އެއް މާބަނޑު ދެ ދަރިން ދައްކާލުމަށް ޕޯސްޓުކޮށްފައިވާ ފޮޓޯއަށް 10.2 މިލިއަން ލައިކްސް އަދި 317 ހާހަށްވުރެ ގިނަ ކޮމެންޓުވަނީ ލިބިފަ އެވެ.

އިންސްޓަގްރާމުން މި އަހަރު ފަސް ވަނައަށް އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯ އަކީވެސް ރޮނާލްޑޯގެ ފޮޓޯ އެކެވެ. ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ރޮނާލްޑޯ ހޯދި އެއް މާބަނޑު ދެ ދަރިން ދައްކާލި އެ ފޮޓޯއަށް 8.2 މިލިއަން ލައިކްސް އަދި 194 ހާހަށްވުރެ ގިނަ ކޮމެންޓު ލިބިފައިވެ އެވެ.