ވިޔަފާރި

15 މޫދު ވިލާއާއެކު ކުޑަދޫ ޕްރައިވެޓް އައިލެންޑް ހުޅުވަނީ

ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑުގެ ޕްރޮމޯޝަން ވީޑިއޯ--

ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި ފަނަރަ މޫދު ވިލާއާއެކު ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ. ޅ. އަތޮޅުގައި މޫދު އަޑީގެ ރެސްޓޯރެންޓަކާއެކު، ރިސޯޓު ހިންގަމުން ގެންދާ ހުރަވަޅި މޯލްޑިވްސްގެ، ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީކުރާ އެންމެ ފެންވަރު މަތީ ޕްރައިވެޓް އައިލެންޑަށްވާނެ އެވެ.

ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑު އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާއިރު، މި ރިސޯޓުގައި ހަދާފައިވާ މޫދު ވިލާތަކަކީ އެއް ކޮޓަރިއާއި ދެ ކޮޓަރީގެ ތަންތަނެވެ. މިތަން ނަގާ މީހުންނަށް ބަޑްލާ ސާވިސް ވެސް ލިބެ އެވެ. އަދި މި ވިލާތަކުގައި ޕްރައިވެޓް ޕޫލް ވެސް ހުރެ އެވެ.

މީގެ އިތުރުން ކުޑަދޫ ޕްރައިވެޓް އައިލެންޑުގައި ހިމެނޭ ބައެއް ހާއްސަ ސިފަތަކުގެ ތެރޭގައި

* ކޮންމެ ވިލާއެއްގައި 54 އިންޗީގެ ޓީވީއެއް
* އެންމެ ފަހުގެ ޗެނަލްތަކާއެކު ފިލްމު ބެލޭނެ ވަސީލަތް
* ހުރިހާ ލައިޓެއް އޮޓަމެޓިކުން ނިވި ދިއްލޭ
* ހޭންޑްމޭޑް ފަރުނީޗަރު
* އެޕަލްމެކްބުކް ކޮމްޕިއުޓަރު
* ޓަޒްމީނިއަމް އޯކް ފްލޯ
* ބަޓްލާ ސާވިސް

ތިން ހެކްޓަރު ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑަށް ސީޕްލޭންގައި 40 މިނެޓުން ދެވޭނެ އެވެ.

ޓޫރިޒަމަށް އާ ރިސޯޓުތައް ހުޅުވަމުންދާއިރު ރާއްޖޭގައި މިދިޔަ އަހަރު 11 ރިސޯޓެއް ހުޅުވާފަ އެވެ. އަދި މި އަހަރު 25 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 131 ރިސޯޓެއް ހިންގަމުންދެ އެވެ. އަދި މި ރިސޯޓުތަކުގެ އެނދުގެ އަދަދު ވަނީ 40،000 އަށްވުރެ އިތުރުވެފަ އެވެ.