ލައިފްސްޓައިލް

ކޮންމެ ދުވަހަކު ޗީޒް ކާނަމަ ސްޓްރޯކް ޖެހުމާ ދުރުވޭ!

Dec 3, 2017

ޗީޒަކީވެސް ދިވެހިންގެ ކެއުމުގައި ހިމެނޭ ދިވެހިންނާ ރައްޓެހި ކާނާގެ ބާވަތެކެވެ. އެހެން ނަމަވެސް އެއީ ދިވެހިންގެ ކޮންމެ ދުވަހުގެ ކެއުމުގެ ހިމެނޭ ބާވަތެއް ނޫނެވެ. މަދުމަދުން ދިވެހިންގެ ކެއުމުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

ދާދިފަހުން ހެދި ދިރާސާއަކަށް ފަހު ސައިންސްވެރިން މިވަނީ ކޮންމެ ދުވަހެއްގެ ކެއުމުގައި ޗީޒް ހިމަނަން އިރުޝާދު ދީފަ އެވެ. އެ ދިރާސާއިން ދައްކާގޮތުގައި ކޮންމެ ދުވަހަކު ޗީޒް ކާނަމަ ސްޓްރޯކް ޖެހުން ނުވަތަ ހިތުގެ އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. އޭގައި ކިތަންމެ ގިނައިން ފެޓު ހިމެނުނު ނަމަވެސް ޗީޒް ކާ މީހުންގެ ދުޅަހެޔޮ ކަމަށް އެ ދިރާސާގައި މިވަނީ ދައްކާފަ އެވެ.

ޗައިނާގެ ޔުނިވާސިޓީއަކުން ހެދި އެ ދިރަސާގައި ދެ ލައްކައެއްހާ މީހުންވަނީ ބައިވެރިކޮށްފަ އެވެ. އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ދުވާލަކު 40 ގްރާމް ނުވަތަ އަލިފާން ފޮއްޓެއްގެ މިންވަރަށް ޗީޒް ކާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 14 ޕަސަންޓަށް ކުޑަކޮށްދެ އެވެ. އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު 10 ޕަސަންޓަށް ދަށް ކޮށްދެ އެވެ.

އެހެން ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބި އެންމެންނަކީ ކެއުމުގައި ގިނައިން ޗީޒް ހިމަނާ މީހުން ކަމެއް މި ދިރާސާއަކުން ދެނެގަނެވިފައެއް ނުވެ އެވެ. އިނގިރޭސި ވިލާތުގައ މީގެ ކުރިން ހެދި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އެންމެ ދުޅަހެޔޮއީ ފެހި ތަރުކާރީގެ ބާވަތައެކު ޗީޒް ބޭނުންކުރަ މީހުންނެވެ.

ޗީޒްގެ ސަބަބުން ހިތުގެ ބަލިތަކާއި ދުރުކޮށްދެނީ އޭގަ ހުންނަ އެސިޑަކުން ލޭ ހޮޅިތައް ބެދުމުން ދުރުކޮށްދޭތީ އެވެ. ޗީޒްގައި ފެޓީ އެސިޑްސްގެ އިތުރުން ހަށިގަނޑު ދުޅަހެޔޮކޮށްދޭ އެތައް މާއްދާއެއް ހިމެނޭ ކަމަށްވެ އެވެ.