ނޭޕާލަށް ހޮނިހިރު ދުވަހު އައި ބިންހެލުމަށް ފަހު ހާލުގައި ޖެހުނު މީހުންނަށް އެ ގައުމުގެ ސަރުކާރުން އެހީ ދިނުން ލަސް ކަމަށް ބުނެ އެތައް ހާސް ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ. އެ ގޮތުން ވެރިރަށް ކަތުމަންޑޫގައި މުޒާހަރާތައް ވަނީ ފަށައިފައެވެ.