ލައިފްސްޓައިލް

ދަރިފުޅު ފޮތް ކިޔާ ހިތް ޖައްސުވާނީ ކިހިނެއް؟

Dec 5, 2017
1

އެންމެ ތުއްތު އިރުން ފެށިގެން ކުއްޖާއަށް މި ދެނީ އައިޕެޑާއި ސްމާޓް ފޯނެވެ. ގޭމް ކުޅޭށެވެ. ކިޔެވުމާ ގުޅުން ހުރި ކަންކަމަށެވެ. އަކުރު ކިޔާ، އަކުރު އަޅަންވެސް މިހާރު ދަސްކޮށްދެނީ ސްމާޓް ސާމާނު ބޭނުން ކޮށްގެންނެވެ. އެހެން ކަމުން ކުދިންވަނީ ފޮތާއި ދުރު، އަދި ފޮތަށް އަހުލުވެރި ކުރުވަން އުނދަގޫ ކުދިންނަށެވެ.

މައިންބަފައިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަށް އެކަންވެ އެވެ. ކުދިން ލައްވާ ފޮތް ކިއުއްވަން އުނދަގޫ ވީމަ އެވެ. އެކަމަށް ފަސޭހަ ހައްލެއް ބުނެދީފާނަމެވެ. ސައިންސްވެރިން ބުނަނީ ހިސާބާއި ގުޅުންހުރި ގޭމްތައް ކުދިން ލައްވާ ކުޅުވާށޭ އެވެ. ސްމާޓް ފޯނަކުން ނޫނެވެ. ގޭތެރޭގެ މާހައުލުގަ އެވެ.

ސައިންސްވެރިން އެ ދިރާސާގައި ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ 116 ކުދިންވަނީ ބައިވެރިކޮށްފަ އެވެ. އެއިން ކޮންމެ ކުއްޖަކު ވަނީ ދިރާސާ ފެށުމުގެ ކުރިން ހިސާބާއި، ކިޔުމުގެ ހުނަރު ކުދިންނަށް ދަސްވެފަ ހުރި މިންވަރު ބަލާ ދެނެގަނެފަ އެވެ. އަދި ދިރާސާ ފެށުމަށްފަހު ހަ މަސް ފަހުން އަނެއްކާވެސް އެކުދިން ޓެސްޓުކޮށްފަ އެވެ.

އޭގެ ނަތީޖާ ދެއްކި ގޮތުގައި ގިނައިން ހިސާބާ ގުޅުންހުރި ގޭމްތައް ކުޅުނު ކުދިން ހިސާބަށް އަދި ވާހަކަ ދެއްކުމާ ފޮތްތެރިކަމުގައި އެހެންކުދިންނަށްވުރެ ކުރިއަށް ވަނީ ޖެހިލާފަ އެވެ.

"ހިސާބު އިލްމާއި ކުއްޖާގެ ލޭންގުއޭޖް ސްކިލްސް އާ ގުޅިފަ ހުންނަ މިންވަރު ސާބިތުކޮށްދޭ އިތުރު ދިރާސާތަކެއްވެސް ވަރަށް އަވަހަށް ނެރޭނެ،" އިންޑިއާނާގެ ޔުނިވާސިޓީއެއްގެ ފަރާތުން ދިރާސާގައި ބައިވެރިވި ސައިންސްވެރިއަކު ބުންޏެވެ.