ލައިފްސްޓައިލް

ކެލޮގްސް ސްޕެޝަލް ކޭ ޑައިޓް: ބަރުދަން ލުއި ކުރަން ދެ ހަފްތާ

Dec 7, 2017
1

ބަރުދަން ލުއި ކުރާ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެކެެވެ. އެކަމަކު ކުރަން އުނދަގޫ ކަމެކެވެ. ޖިމަށް ދިއުމާ ކެއުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވިސްނާލިއަސް ބޯ ގޮވާވަރުވެ އެވެ. ބަރުދަން ލުއިކުރާ ވާހަކަ ދައްކާފަވެސް ހުއްޓާލެވެނީ އެހެންވެ އެވެ. އެހެން ނަމަވެސް މިއީ ތަފާތު އުކުޅެކެވެ. އެންމެ ޑައިޓެކެވެ. ދެ ހަފްތާ އެވެ. ދެ ހަފްތާ ނިމޭއިރު ބަރުދަން ލުއި ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.

އެއީ ކެލޮގްސްގެ ސްޕެޝަލް ކޭ ޑައިޓް އެވެ. އެ ޑައިޓްގައި ހިމެނެނީ ބައުލް އެއް ނުވަތަ 45 ގްރާމް ސްޕެޝަލް ކޭ ސީރިއަލް އާއެކު 1/2 ޖޯޑުގެ ލޯ ފެޓް ކިރު ހެނދުނުގެ ނާސްތާއަށް ނުވަތަ މެންދުރު، ނުވަތަ ރޭގަނޑުގެ ކެއުމަށެވެ. އެވެސް ދެ ހަފްތާގެ މުއްދަތަކަށެެވެ.

މިއީ ތޯތޯ ޑައިޓެއް ނޫނެވެ. ނަތީޖާ ފެނިފަ ހުރި ޑައިޓެކެވެ. ސްޕެޝަލް ކޭ ޑައިޓް ބޭނުންކުރި ކޮންމެ ހަތަރު މީހަކުން ތިން މީހުންނަށް ކާމިޔާބުވި އެވެ. ދެ ހަފްތާގެ ތެރޭގަ ހަ ޕައުންޑު ލުއިކޮށްލި އެވެ. ޑައިޓާއެކު ދުވާލަކު 30 މިނެޓުގެ ކަސްރަތު ރަނގަޅުވާނެ އެވެ.

މި ޑައިޓާ ގުޅޭގޮތުން ސައިންސްވެރިންގެ ބަހަކީ ސްޕެޝަލް ކޭ ޑައިޓުން ސަރުބީ ވިރުވާލުމެވެ. މި ޑައިޓަކީ ބޮޑެތި މީހުންނަށް ހާއްސަ ޑައިޓެކެވެ. އަދި އެ މީހެއްގެ ބޮޑީ މާސް އިންޑެކްސް 25 އަށް ވުރެ މަތި މީހުންނަށެވެ.

ޑައިޓް ކުރިއަށް ގެންދަވީ ގޮތް ކުރުގޮތަކަށް ކިޔާލަދޭނަމެވެ.

  • ދުވާލުގެ ކޮންމެވެސް އެއް ވަގުތެއްގެ ކެއުމުގައި ސްޕެޝަލް ކޭ ސީރިއަލް ބައި ޖޯޑު ލޯ ފެޓް ކިރާއެކު ބޭނުންކުރާށެވެ. ސީރިއަލް ބޭނުންކުރާނީ ދެ ޕޯޝަން އެވެ.
  • ދުވާލުގެ ތިން ވަނަ އިރުގެ ކެއުމަކީ ލޯ ފެޓް އަދި ނިއުޓްރިޝަނަލީ ބެލެންސް ވާ ކެއުމަކަށް ވާން ވާނެ އެވެ.
  • ލުއި ކެއުމުގެ ގޮތުގައި މެވާ، ތަރުކާރީ، ލޯ ފެޓް ޔީގަޓް ނުވަތަ ސްޕެޝަލް ކޭ ބާ އެއް ރަނގަޅުވާނެ އެވެ.
  • ފެނާ އެކު ފްރެޝް ޖޫސްތައް ބޭނުންކުރެވިދާނެ އެވެ.

ބަރުދަން ލުއި ކުރަން މަސައްކަތް ކުރާއިރު ސަމާލުކަން ދޭނީ ހަށިގަނޑަށް ކެލޮރީ ބޭނުންވާ ވަރަކަށް ނޫނެވެ. ހަށިގަނޑަށް ކެލޮރީ އިތުރު ކުރާ މިންވަރަށެވެ.

މިހާރު ހިތަށް އަރާފާނެ އެވެ. ސްޕެޝަލް ކޭ އިން ބަރުދަން ލުއިކުރެވިދާނެ ހެއްޔެވެ؟ ޖަވާބަކަށް ދޭން އޮތީ އެކި މީހުންނަށް މީގެ ނަތީޖާ ތަފާތުވާނެ އެވެ. މިއީ ބަރުދަން ލުއިކޮށްލާކަށް ނޫނެވެ. މިއީ ކެއުމަށް ބަދަލެއް ގެންނަ ޓެކްނިކެކެވެ. ކެއުމުގައި ތި ހިމެނި ކެލޮރީ ގިނަ ކާނާތައް ކެލޮރީ މަދު ކެއުންތަކަށް ބަދަލުކޮށްލީ އެވެ. މި ޑައިޓް އެހެން ސީރިއަލް އެއް ބޭނުންކޮށްގެންވެސް ކުރިއަށް ގެންދެވިދާނެ އެވެ.

ދެވަނަ ސުވާލަކީ ޑައިޓްގެ މުއްދަތަކީ ބަރާބަރު ދެ ހަފްތާ ހެއްޔެވެ؟ ޖަވާބަކީ އާ އެކޭ އެވެ. އެއީ ދެ ހަފްތާގެ ތެރޭގައި ކެއުން ކޮންޓްރޯލްކޮށް އެ ކެއުމަށް މީހާ އާދަކޮށްލާނެތީ އެވެ. ދެ ހަފްތާއަށްވުރެ ގިނަ ވެއްޖެނަމަ ޑައިޓު މަތިން ފޫހިވެ ފަހަރުގައި ކާ ހިތްވެސް ކެނޑިދާނެ އެވެ. ބަރުދަނަށް އަންނާނެ ބަދަލާ ގުޅޭގޮތުން ބުނެލަން އޮތީ އޭގަ އޮތީ އެމީހެއްގެ އަމިއްލަ ހިތްވަރެވެ. ޕްލޭންއަށް މަސައްކަތް ކޮށްފިއްޔާ ޔަގީނުންވެސް ނަތީޖާ ފެންނާނެ އެވެ.

ޑައިޓުގެ މޮޅު ވާހަކަތައް އަދިވެސް އެބަހުއްޓެވެ. ފަސޭހަ ވުމުގެ އިތުރުން މީގެ ނަތީޖާ 75 ޕަސަންޓު މީހުންނަށް ފެނުނެވެ. ހެނދުނުގެ ނާސްތާގައި މި ސީރިއަލް ބެނުންކުރުމުން ކޮލެސްޓްރޯލް ދަށްވެ، ހަނދާން ގަދަވުމުގެ އިތުުރުވުމުގެ އިތުރުން ވިޓަމިނާއި މިނަރަލް ބޭނުންކުރެވޭ މިންވަރު އިތުރުވާނެ އެވެ.

އެހެންނަމަވެސް ސީރިއަލް އަކީ އޭގަ ފައިބާ ހިމެނޭ އެއްޗަކަށް ނުވާތީ މޭވާ އާ ތަރުކާރީ އެކަށީގެންވާ ވަރަށް ބޭނުންކުރަން ސަމާލުކަންދޭން ވާނެ އެވެ. ބްރައުން ރައިސް ވެސް އެންމެ ރަނގަޅުވާނެ އެވެ.