ބޮލީވުޑް

ގުލްޝަން ކުމާރުގެ ބައޮޕިކް އަކްޝޭ ދޫކޮށެއްްނުލާ

Dec 11, 2017

ބޮލީވުޑްގެ މިއުޒިކް ރަސްގެފާނު ގޮތުގައި ސިފަކުރާ ގުލްޝަން ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު އަކްޝޭ ކުމާރު ދޫކޮށްލައިފި ކަމަށް ދެކެވެމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ގުލްޝަންގެ ރޯލު އަކްޝޭ ކުޅެން ހަމަޖެހިފައި އޮތް ފިލްމު ނުކުޅެ ދޫކޮށްލަން ނިންމީ ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހިގެން ކަމަށް އަޑުތައް އެރި ނަމަވެސް އެކަން ދޮގުުކުރަމުން އޭނާ ވަނީ މިހާރު ކުރިއަށް ދަނީ ފިލްމުގެ ސްކްރިޕްޓް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

އަކްޝޭ މި ފިލްމު ދޫކޮށްލި ކަމުގެ އަޑުތައް އެރީ ސްކްރިޕްޓަށް ބަދަލުތަކެއް ގެންނަން އަކްޝޭ ޑައިރެކްޓަރު ކުރެން ފާޅުކުރި ހިޔާލުތަކަށް ބީރު ކަންފަތެއް ދީފައިވަތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.

މި ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ހަބަރުތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ފައިނަލް ކުރި ސްކްރިޕްޓަށް ބަދަލު ގެންނަށް އަކްޝޭ އެދުމުން ޑައިރެކްޓަރު ސުބާޝް ކަޕޫރު ވަނީ އެ ބަދަލުތައް ގެންނަން ދެކޮޅު ހަދާފަ އެވެ. އަދި ފިލްމާ މެދު އަކްޝޭ އާއި ސުބާޝްގެ ހިޔާލު ތަފާތުުންތައް ގިނަވެ އެއިން އެއްވެސް މައްސަލައަކަށް ހައްލެއް ސުބާޝްގެ ފަރާތުން ނުލިބުމުން އަކްޝޭ ފިލްމު ދޫކޮށްލީ އެވެ.

"މޮގުލް" ގެ ނަމުން ނަންދީފައިވާ މި ފިލްމު އަކްޝޭ ދޫކޮށްލި ކަމަށް ފެތުރުނު ހަބަރު ދޮގުކުރަމުން އޭނާ ވަނީ ގުލްޝަން ކުމާރު ފަދަ މީހެއްގެ ހަޔާތުގެ ހުރިހާ ވާހަކައެއް ދެ ގަޑިއިރުގެ ފިލްމަކަށް ފެއްތުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ފިލްމުގެ ސްކްރިޕްޓް ނިމި ހުރިހާ ކަމެއް ނިމުމުން ޝޫޓިންގެ ފަށާނެ ތާރީހު އިއުލާންކުރާނެ ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި މިއުޒިކް ކޮމްޕޯޒާ ގުލްޝަން ކުމާރަކީ އިންޑިއާގެ އެންމެ މަގުބޫލު މިއުޒިކް އުފައްދާ ކުންފުނި ޓީ ސީރީޒްގެ ބާނީ އެވެ. ގުލްޝަން ވަނީ 1997 ވަނަ އަހަރު އޭރު އިންޑިއާގެ އެންމެ ބޮޑު ގޭންގް، ޑީ-ކޮމެޕެނީ އަށް ފައިސާތަކެއް ދޭން ދެކޮޅު ހެދުމުން ބަޑިޖަހައި މަރާލާފަ އެވެ.

އަކްޝޭ މީގެކުރިން ވަނީ ސުބާޝް ޑައިރެކްޓްކުރު "ޖޮލީ އެލްއެލްބީ 2" ކުޅެފަ އެވެ.

އަކްޝޭގެ ދެ ފިލްމެއް އަަންނަ އަހަރުގައި ރިލީޒްކުރާނެ އެވެ. އެއީ "2.0" އާއި "ޕެޑްމަން" އެވެ.