- ޓީ- ބޮންޑް ހަ ޕަސެންޓް މަތިވެފައި
- ޓީ- ބޮންޑުގެ އައުޓްސްޓޭންޑިންއަކީ 540 މިލިއަން
- އޮކްޓޫބަރު ޓީ-ބިލަށް އިތުރުވީ 196 މިލިއަން
ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ދޫކޮށްފައިވާ ޓީ-ބިލާއި ޓީ-ބޮންޑް، 22 ބިލިއަން ރުފިޔާ މިހާރު އަރައިފި ކަމަށް އިގްތިސާދީ ރިވިއުގައި ބުނެފި އެވެ.
މަރުކަޒީ ބޭންކުން ނެރެފައިވާ މިދިޔަ މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން، އޮކްޓޫބަރު މަސް ނިމުނުއިރު އައުޓްސްޓޭޑިން، ނޫނީ މުއްދަތު ހަމަނުވުމުގެ ސަބަބުން ނުދައްކާ ހުރި ބޮންޑާއި ޓީބިލްގެ އަދަދު، 22 ބިލިއަން ރުފިޔާ ހުރިިއިރު މިއީ އަހަރުން އަހަރަށް އަހަރަށް ބަލާއިރު ދެ ޕަސެންޓުގެ ދަށް އަދަދެކެވެ.
އައުޓްސްޓޭންޑިންއަކީ ސަރުކާރުން ވިއްކާ ސެކިއުރިޓީސްތަކުގެ ތެރެއިން މުއްދަތު ހަމަނުވާތީ އަނބުރާ ދައްކާފައި ނުވާ އަދަދެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު ހަ ޕަސެންޓް، 540.8 މިލިއަން ރުފިޔާ މައްޗަށް ދިޔަނަމަވެސް، މި މުއްދަތުގެ ތެރޭގައި ޓީ-ބިލްގެ އައުޓްސްޓޭންޑިން އަދަދު ހަތް ޕަސެންޓް (971.3 މިލިއަން ރުފިޔާ) ދަށްވެފައިވުމެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު އިތުރުވެފައިވަނީ ސަރުކާރުން ދޫކޮށްފައިވާ ޓީ-ބިލްތަކުން ބައެއް ޓީ-ބޮންޑަށް ފާއިތުވި އަހަރުގެ ތެރޭގައި ބަދަލުކޮށްފައިވުމާ ގުޅިގެންނެވެ.އަދި ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ދަށްވެފައިވަނީ ބޭންކުތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ފާހަގަ ކޮށްލެވޭ މިންވަރަކަށް ދަށްވެ އަދި ޕަބްލިކް ނޮން ފައިނޭންޝަލް ކޯޕަރޭޝަންތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ވެސް ދަށްވުމާ ގުޅިގެންނެވެ.
ރިވިއުގައިވާ ގޮތުން، މަހުން މަހަށް ބަލާއިރު ޓީ-ބިލްގައި އިންވެސްޓްކޮށްފައި އަދަދު 196.2 މިލިއަން ރުފިޔާ އިތުރުވި ނަމަވެސް ޓީ-ބޮންޑްގައި އިންވެސްޓްކޮށްފައިވާ އަދަދު ވަނީ 1.5 މިލިއަން ރުފިޔާދަށްވެފަ އެވެ. ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެހެނިހެން މާލީ އިދާރާތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވުމެވެ. ނަމަވެސް ިވޔަފާރިބޭންކުތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ވަނީ ދަށްވެފަ އެވެ.
ޓީ- ބިލްގެ އިންޓްރެސްޓް ރޭޓް
4 ވަނަ އަހަރުން ފެށިގެން ހުރިހާ މުއްދަތެއްގެ ޓީ-ބިލް މުއާމަލާތްތައް ވަނީ އޮކްޝަން ސިސްޓަމަކުން ޓެޕް ސިސްޓަމަކަށް ބަދަލުކޮށްފައެވެ. އަދި 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ހުރިހާ މުއްދަތެއްގެ ޓީ-ބިލް (28 ،91 ،182 އަދި 364 ދުވަހަށް ވިއްކާ ޓީ-ބިލް) އިންޓްރެސްޓް ރޭޓްތައް ވަނީ ދަށްކޮށްފައެވެ. އަދި 28، 91 ،182 އަދި 364 ދުވަހަށް ވިއްކާ ޓީ-ބިލްގެ އިންޓްރެސްޓް ރޭޓް ހުރީ 3.50 ޕަސެންޓާއި 3.87 ޕަސެންޓް އަދި 4.23 ޕަސެންޓް އަދި 4.23 ޕަސެންޓް އަދި 4.60 ޕަސެންޓެވެ. އެހެންކަމުން ވޭތުވެ ދިޔަ މަހުގެ ތެރޭގައި ޓީ-ބިލް އިންޓްރެސްޓް ރޭޓްތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވެ އެވެ.