ވިޔަފާރި

ހދ. ގެ ދެ ފަޅެއް ވިއްކައިގެން 40 މިލިއަން ޑޮލަރު ހޯދަނީ

ޓޫރިޒަމް ވިޔަފާރި ނެތް، ހދ. ގައި ރިސޯޓު ތަރައްގީ ކުރަން ހިއްކާ ދެ ފަޅުގެ އެކުއެޒިޝަން ފީގެ ގޮތުގައި 40 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓު ތަރައްގީ ކުރުމަށް ހދ. ގައި ދެ ފަޅަކާއި ދެ ރަށެއް ކުއްޔަށް ދޭން އިއުލާނުކޮށްފަ އެވެ. މި ގޮތުން އެއް ފަޅުގެ އެކުއެޒިޝަން ފީއަކީ 18 މިލިއަން ޑޮލަރެވެ. އަދި އަނެއް ފަޅުގެ ފީ 21 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނެފައިވެ އެވެ.

މި ދެ ފަޅުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ އަތޮޅު ކުޑަފަރުފަސްގަނޑާއި ހދ. ކުޑަ މުރައިދޫ، އަދި ކޭލަކުނުވެސް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލާފަ އެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި ވިޔަފާރީގެ ބޭނުމަށް އަންނަ އަހަރު ބޮޑު 20 ފަޅު ހިއްކަން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާނެ ކަމަށް ބުނެފަ އެވެ.

ޓޫރިޒަމް ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން، ރިސޯޓް ހެދުމަށް ރަށްތައް ބިޑް ނުކޮށް 14 ރަށަކާއި ދެ ފަޅެއް މީގެ ކުރިން ޓޫރިޒަމަށް ހުޅުވާލާފައިވެ އެވެ. އަދި މީގެ ތެރެއިން ބައެއް ފަޅުތަކުގައި މިހާރު ދަނީ ޓޫރިޒަމް ފައްކާ ކުރަމުންނެވެ. މިގޮތުން މާލެ އަތޮޅު ރަށްފަޅާއި އެނބޫދު ލެގޫން މަޝްރޫއު ފާހަގަ ކުރެވެ އެވެ.