ލައިފްސްޓައިލް

ދޭތެރެ ދުރުކުރާ ބޭހުން އުރަމަތީ ކެންސަރަށް މަގުފަހިވޭ

Dec 13, 2017

ކެންސަރީ ރާއްޖޭ މިހާރު އެންމެ ބާރު ސްޕީޑުގަ ފެތުރެމުން އަންނަ ބައްޔެވެ. ލޭގެ ކެންސަރާއި، އަނގައިގެ ކެންސަރު މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ކެންސަރު ވަރަށް އާންމެވެ. އުރަމަތީ ކެންސަރުވެސް އެހާގިނަ އެވެ. އަނެއްކާވެސް މިވަނީ އުރަމަތީ ކެންސަރަށް މަގުފަހިވާ އިތުރު ސަބަބެއް ފެނިފަ އެވެ.

އެއީ ހޯމޯނަލް ބާތު ކޮންޓްރޯލެވެ. ޕިލްސް ކަހަލަ ހޯމޯނަލް ބާތު ކޮންޓްރޯލްގެ ސަބަބުން އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު 20 ޕަސަންޓު އިތުރު ކޮށްދެ އެވެ. އޭގެ ތެރޭގައި ހޯމޯނަށް ކުދި ކުދި ބަދަލު ގެންނަ އިންޓްރޯޓެރިން ޑިވައިސްވެސް ހިމެނެ އެވެ. އެ ބާތު ކޮންޓްރޯލެއް ބޭނުންކުރާތާ 10 އަހަރަށްވުރެ ގިނަ ވެއްޖެނަމަ އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު 38 ޕަސަންޓަށް އިތުރުވެ އެވެ. އިނގިރޭސި ވިލާތުގެ ޖާނަލް އޮފް މެޑިސިން ގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ބުނެފައިވެ އެވެ.

"ބާތު ކޮންޓްރޯލް ޕިލްސް ނުވަތަ އެފަދަ އެއްޗެހި ބޭނުންކުރާއިރު އެއިން ލިބޭ ފައިދާތަކާއި ގެއްލުންތަކަށްވެސް މިހާރު އަންހެނުން އެބަޖެހޭ ވިސްނަން، ދުނފަތުގެ އިސްތިމާލު ކުރުމަކީ ކެންސަރަށް އިތުރަށް މަގުފަހިކުރުވާނެ ކަމަށް،" ޑރ. ފްރޭޔާ ސްކެނަބަލް ބުނެފައިވެ އެވެ.

ބާތު ކޮންޓްރޯލްގެ ސަބަބުން ޔުޓެރިން ކެންސަރު ފަދަ ބަލިތަކުން ދުރުވެސްކޮށްދެ އެވެ.

އެހެން ނަމަވެސް ސައިންސްވެރިން މިވަނީ ބާތު ކޮންޓްރޯލް ބޭނުންކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފަ އެވެ. އައިޔޫޑީ ކަހަލަ ނޮން ހޯމޯނަލް ބާތް ކޮންޓްރޯލޯސް ބޭނުންކުރަން އިލްތިމާސްކޮށްފަ އެވެ.

ކެންސަރަކީ އާއިލީ ގޮތުން ވާރުތަވެސް ކުރާ ބައްޔެެކެވެ.