ވިޔަފާރި

ހުޅުމާލެ ގޮނޑުދޮށް ކުއްޔަށް ދޭތީ ގެސްޓްހައުސްތައް ކަންބޮޑުވެފައި

ހުޅުމާލެ ގެސްޓްހައުސްތަކުގެ ކުރިމަތީގައި އޮންނަ ބީޗް އޭރިޔާ ވިޔަފާރީގެ ބޭނުމަށް ގެސްޓްހައުސްތަކުން ކުއްޔަށް ދޭތީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގޭމްގެ ޖެނެރަލް ސެކްރެޓަކީ ސޮއިކުރައްވައި، ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އަށް ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން، ގެސްޓްހައުސްތަކުގެ ކުރިމަތީގައި އޮންނަ ބީޗް އޭރިއާއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އާއްމުންނަށް ހާއްސަކޮށްފައިވާ "ޕަބްލިކް ސްޕޭސް" އެއް ކަމަށާ، އެ ފަދަ ތަންތަން ވިޔަފާރީގެ އުސޫލުން ދޫކުރުމަކީ މާލެ އާއި ހުޅުމާލޭގެ ރައްޔިތުންގެ ހައްގުތަކަށް އަރަައިގަނެ، ރައްޔިތުން ހިތްހަމަ ޖެހޭ އުފާވެރި މާހައުލަކުން އެކަހެރިކޮށް ބާކީ ކުރުން ކަމަށް ދެކޭ އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ކުރިން ދިވެހިން ޗުއްޓީ ހޭދަކޮށްލުމަށްދާ ކުޑަ ބަނޑުހާއި ފޭދޫ ފިނޮޅު ފަދަ ރައްތަށް ވިޔަފާރި އުސޫލުން ހިންގަން ކުންފުނިތަކަށް ދޫކޮށްފައިވާއިރު ހުޅުމާލެ ބީޗަކީ ދިވެހިން ދަތުރު ދާން އޮތް ހަމައެކަނިތަން ކަމަށާ، އެހެންކަމުން އެތަން ދޫކުރުމަކީ އެއް ވެސް ހަމައަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އެ ޖަމިއްޔާ އިން ބުނީ "ޕަބްލިކް ސްޕޭސް" އެއްގެ ގޮތުގައި އޮންނަ ތަކެއް ވަކި ބައެއްގެ ވިޔަފާރި އަށް ފަހިވާ ގޮތަށް ބޭއްވުމަކީ ރާއްޖޭގެ ރީތިކަން ބަލައިލަން އަންނަ ޓޫރިސްޓުންނަށް ވެސް ދެވޭ ދެރައެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ އާއި ހުޅުމާލޭގެ ޓޫރިޒަމަށް ހީނަރުކަން އަތުވެދާނެ ކަމަށް ބުނެފައިވެ އެވެ.

"ބީޗް ފޮރަންޓް އޭރިޔާގެ ޕްލޮޓްތައް އެޗްޑީސީ އިން ވިއްކާފައިވަނީ 'ބީޗް ފްރަންޓް' ގެ ނަމުގައި އިއުލާނުކޮށްގެންނެވެ. އެހެން ސަރަހައްދުތަކުގައިވާ ޕްލޮޓްތަކަށް ވުރެ އަގު ބޮޑުކޮށްގެން ވެސްމެއެވެ. އެހެންކަމުން މިގޮތަށް އެޗްޑީސީ އިން ކޮށް، އަގު ބޮޑުކޮށް ބީޗް ފްރަންޓް އޭރިޔާގެ ބިންތައް ވިއްކާފައިވަނީ، ބީޗް އޭރިއާ އަށް ވުމުން އެތަނުން އެ ތަނުން ހާސިލް ވެދާނެ މަންފާ އަށް ބަލައި، އެ ކަމަށްވާ އަގު ހިމަނައި، އަގު ބޮޑުކޮށްގެން ކަމުގައި ދެކެމެވެ. އެހެންކަމުން އެލިބޭ މަންފާ އަށް ބަލައި ދެވަނަ ފަހަރަށް އިތުރު ފައިސާ ތަކެއް ހޯދަން އެޗްޑީސީ އިން މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ އެބަ ސުވާލު އުފެދެ އެވެ،" އެޗްޑީސީ އިން ބުނެފައިވެ އެވެ.

ބީޗް ފޮރަންޓް އޭރިޔާގެ ޕްލޮޓްތައް އެޗްޑީސީ އިން ވިއްކާފައިވަނީ 'ބީޗް ފްރަންޓް' ގެ ނަމުގައި އިއުލާނުކޮށްގެންނެވެ. އެހެން ސަރަހައްދުތަކުގައިވާ ޕްލޮޓްތަކަށް ވުރެ އަގު ބޮޑުކޮށްގެން ވެސްމެއެވެ. އެހެންކަމުން މިގޮތަށް އެޗްޑީސީ އިން ކޮށް، އަގު ބޮޑުކޮށް ބީޗް ފްރަންޓް އޭރިޔާގެ ބިންތައް ވިއްކާފައިވަނީ، ބީޗް އޭރިއާ އަށް ވުމުން އެ ތަނުން އެ ތަނުން ހާސިލް ވެދާނެ މަންފާ އަށް ބަލައި، އެ ކަމަށްވާ އަގު ހިމަނައި، އަގު ބޮޑުކޮށްގެން ކަމުގައި ދެކެމެވެ.
އެޗްޑީސީ

އެ ޖަމިއްޔާ އިން ބުނީ ހުޅުމާލޭގެ ގޯތިތަށް ގެނެފައިވާތާ އެތަށް ޒަމާނެއް ވެގެން ދިޔައިރު ގެސްޓްހައުސް ކުރިމަތީގައިވާ ސަރަހައްދަކީ ކޮމާޝަލް ކުރަން ޖެހޭ ތަން ތަނެއް ކަމަށް 25، އޮކްޓޫބަރު 2017 އާ ޖެހެން ދެން އިއުލާނުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެތަށް އަހަރު ތަކެއް ވަންދެން ބީޗް ފްރަންޓް އޭރިއާއެއްގެ ގޮތުގައި އޮތް ތަނެއް ބޮޑު އަގެއްގައި ނެގުމަށް އެންގުމަކީ ގެސްޓްހައުސް ވިޔަފާރިވެރިންނަށް ގާނޫނީ ގޮތުން ލިބިފައިވާ މިނިވަންކަމާއެކު ވިޔަފާރި ކުރުމުގެ ހައްގަށް ނުފޫޒާއި ބާރު ފޯރުވުން ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަަށް ބުނެފައިވެ އެވެ.