ވިޔަފާރި

ސޮނޭވާ ފުށިން ޕްލާސްޓިކް ރީސައިކަލް ކުރަން ފަށައިފި

ރާއްޖޭގެ ތިމާވެއްޓަށް އޮތް އެންމެ ބޮޑު ހުތުރަކީ ކުނީގެ މައްސަލަ އެވެ. ހާއްސަކޮށް ތިލަފުށި ފަދަ ތަންތަނުން އޮޔާދާ ޕްލާސްޓިކްގެ މައްސަލަ އެވެ. މި މައްސަލައަކީ ރާއްޖޭގެ ރީތިކަމަށް އޮތް އެންމެ ބޮޑު ހުތުރު ކަމަށް ބުނެވިދާނެ އެވެ. އެހެންވެ، ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސޮނޭވާފުށިން މިވަނީ މިކަން ހައްލު ކުރަން މުހިންމު ފިޔަޗަޅެއް އަޅާފަ އެވެ.

ސޮނޭވާފުށިން މިވަނީ ޕްލާސްޓިކުން ސުވެނިއަ ނުވަތަ ހަނދާނީ ހަދިޔާ ތައްޔާރު ކުރަން ފަށާފަ އެވެ. ސޮނޭވާގެ "ޒީރޯ ވޭސްޓް" ސިޔާސަތުގެ ދަށުން، އެޅި މި ހަރުދަނާ ފިޔަވަޅާއެކު ގޮނޑުދޮށަށް ލައްވެފައި ހުންނަ ޕްލާސްޓިކް ފުޅި ފިރުވާލައިގެން ދަނީ ގަސްޖަހާ ވަށިގަނޑާއި ކުޑަކުދިން ގުޅޭ ސާމާނު ފަދަ ތަކެތި އުފައްދަ އެވެ.

ބ. އަތޮޅުގައި އޮންނަ ސޮނޭވާ ފުށި ތަރައްގީ ކޮށްފައިވަނީ އިންޑިޔާ އާއި އިނގިރޭސިވިލާތައް ނިސްބަތްވާ މަހުޖަނު ސޮނޫ އެވެ. ކުރީގެ ނަމުންނަމަ ކުންފުނަދޫގައި މީގެ 20 އަހަރުކުރިން ސޯނޫ އާއި އޭނާގެ އަންހެނުން ސުވިޑަންގެ ކުރީގެ ސުޕަ މޮޑެލް އީވާ ހެދި މި ރިސޯޓާއެކު ސޯނޫގެ ވިޔަފާރި ކުރިއަށްދެމިގަތެވެ.

ސޮނޭވާ ފުށިން ދަނީ 2008 ވަނަ އަހަރުން ފެށިގެން އެ ރިސޯޓުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފަ އެވެ. އެ ރިސޯޓުގައި ގެސްޓުންނަށް ފެން ދިނުމަށް ބޭނުން ކުރަނީ އެ ބިއްލޫރި ފުޅި އެވެ. އަދި އެ ރިސޯޓުން ދަނި ބިއްލޫރިން އެކި ތަކެތި ވެސް އުފައްދަމުންނެވެ.