ރޭ ފިލްމު އެވޯޑް ބެލި އެންމެންވެސް ދައްކާ ވާހަކައަކީ މިއީ އެވެ. މިއީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ބަދަލެއް ގެނައި ޑާކްރެއިން އެންޓަޓެއިންމަންޓުކަން އެމީހުން ސާބިތުކޮށްދިނެވެ. ފިލްމު އެވޑްސްގެ ނޮމިނޭޝަން އިއުލާނު ކުރިިއިރު އެ ސްޓޫޑުއޯގެ ފިލްމެއް ނުހިމެނޭ ކެޓަގަރީއެއް ނެތް ނަމަވެސް އެހާ ގިނަ އެވޯޑް އުފުލާލާނެ ކަމަށް ހީކުރެވިފައެއް ނެތެވެ. ރޭ ބޭއްވި ފިލްމު އެވޯޑްސްގައި 32 ދާއިރާއަކުން އެވޯޑް ދިން އިރު 21 އެވޯޑެއް ގެންދިޔައީ ޑާކްރެއިން އިންނެވެ. މޭކަޕުން ފެށިގެން އެންމެ މޮޅު ފިލްމުވެސް ހޯދީ ޑާކްރެއިން އެންޓަޓެއިންމަންޓުންނެވެ.
މި ފަހުން އެންމެ ރީތި އެންމެ މޮޅު ފިލްމުތައް ދައްކާ އެވޯޑުތައް ގެންދިޔައީ އެވެ. ޑާކްރެއިންގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ރެއަށް ރޭ ވާނެ ކަން ޔަގީނެވެ. -- ޑާކްރެއިން ތި ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔަމެވެ.
އެންމެ ފުރަތަމަ އެ ސްޓޫޑިއޯ އިން އެވޯޑުތައް ގެންދިޔައީ "ހެޕީ ބާތު ޑޭ" އިންނެވެ. ދިވެހިންނާ މާ ރައްޓެހި ޖޯންރާ އެއް ނޫން ނަމަވެސް އެ ފިލްމުގެ މޮޅުކަން ދައްކާލި އެވެ. އެއާ ހިލާފަށް ފީޗާ ފިލްމުގެ ދާއިރާއިން މި ފަހަރު އެ ސްޓޫޑިއޯ އެވޯޑުތައް ގެންދިޔައީ ދިވެހިންނާ ރައްޓެހި ދިވެހިންގެ ތެރޭގައި މަގުބޫލު ޖޯންރާތަކުންނެވެ.
ޑާކްރެއިންގެ ތިން ފިލްމެއް ފީޗާ ފިލްމުގެ ކެޓަގަރީގައި ވާދަކޮށްގެން ދެ ފިލްމަކުން އެވޯޑް ހޯދިއިރު އެންމެ ގިނަ އެވޯޑް ގެންދިޔައީ "ވާށޭ މަށާ އެކީ" އިންނެވެ. އެންމެ ގިނައިން އެ ފިލްމެއްގެ ވާހަކަ ދެއްކުނު ފިލްމަކީވެސް "ވާށޭ މަށާ އެކީ" އެވެ.
ކޮޕީ ފިލްމެއްގެ ގޮތުގައި އެ ފިލްމު މަޝްހޫރުވީ ނަމަވެސް ހައުސްފުލް އެތައް ޝޯއެއް އޮލިމްޕަހުގައި ދެއްކި އެވެ. އެ ފިލްމަށް ރޭ އަށް އެވޯޑް ލިބުނެވެ. އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅި ފިލްމަކީވެސް އެއީ އެވެ. އެ ފިލްމަކަށް ތައުރީފްކޮށްކޮށް ހުސްނުވި ފިލްމެކެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން މިހާތަނަށް ގެނެސްދިން އެންމެ މޮޅު އަދި އެންމެ ރީތި ފިލްމަކީ އެއީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ އެކުގައި ފެނުނު ދެ ފިލްމަށް އެ ފިލްމުއީ އިރު އެ ދެ ތަރިންގެ ފުރަތަމަ ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" އަށް ވުރެން ވެސް އެ ފިލްމު މޮޅެވެ.
ހުރިހައި ޑިޕާޓްމަންޓަކުން ވެސް "ވާށޭ މަށާ އެކީ" ކުރި އަރައިގެން ގޮސްފައި އޮތީމަ އެވެ.
ފިލްމުގައި އޮތީ ވަރަށް ވެސް ޒަމާނީ ލަވް ސްޓޯރީއެކެވެ. އެ ވާހަކަ ސްކްރީނަށް ގެނައުމަށް މަހުދީ އަހުމަދުގެ ގަލަމުން ކުރަހާފައިވާ ޗާޓުގެ ފުރިހަމަކަން މި ފިލްމުގެ ހިތްގައިމުކަމުގެ ފަހަތުގައި ވަރަށް ވެސް ބޮޑެވެ. ފިލްމުގެ ނެރެޓިވް ސްޓްރަކްޗާ އޭގެ ޒަމާނީ ވާހަކައާ ވަރަށް ގުޅޭކަން ފާހަގަކޮށްލެވެ އެވެ.
"ވާށޭ މަށާ އެކީ" އަކީ އޭގައި އެތައް ރަހައެއް ހިމެނޭ ފިލްމެކެވެ. އުފަލުން ގޮސް ނުވަތަ އޭގެ މަޖަލާއި ފޯރީގައި ރޮވި، ހިތަށް އަސަރުކޮށް ދެރަވެގެން ވެސް މީހަކު ރޮވޭނެ ފިލްމެކެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓަށް ލިބުނު އެވޯޑްތައް:
- އެންމެ މޮޅު ފީޗާ ފިލްމު: ވާށޭ މަށާ އެކީ
- އެންމެ މޮޅު ޑައިރެކްޓަރު: އަލީ ޝިފާއު (ވާށޭ މަށާ އެކީ)
- އެންމެ މޮޅު ސްކްރީން ޕްލޭ: އައިޝަތު ފުއާދު ތައުފީގް (ހުޅުދާން)
- އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ: އަހުމަދު ނާޝިދު (ފިލްމް ހުޅުދާނުގެ ތަކުރަށް ބަހެއް)
- ލިރިކްސް: ޒީރޯ ޑިގްރީ، އަހުމަދު ނަސީރު އަދި މުހައްމަދު ރަޝީދު (ފިލްމް ހުޅުދާނުގެ ތަކުރަށް ބަހެއް ލަވަ)
- އެންމެ މޮޅު އާޓް ޑިރެކްޝަން: މުހައްމަދު އަލީ، އަލީ ޝިފާއު (ފިލްމް ވާށޭމަށާއެކީ)
- އެންމެ މޮޅު މޭކަޕް: މަރިޔަމް މަޖުދާ (މަޖޫ)
- އެންމެ މޮޅު ކްރޮއުގްރަފީ: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
- އެންމެ މޮޅު ކޮސްޓިއުމް: މަރިޔަމް މަޖުދާ (މަޖޫ)، (ވާށޭ މަށާއެކީ)
- އެންމެ މޮޅު ސައުންޑް މިކްސިން: މުހައްމަދު އިކްރާމް (ވާށޭ މަށާއެކީ)
- އެންމެ މޮޅު ސައުންޑް އެޑިޓާ: މުހައްމަދު އިކްރާމް (މިކޮއެ ބައްޕަ ބައެ ބައެ)
- އެންމެ މޮޅު ބެކް ގްރައުންޑް މިޔުޒިކް: މުހައްމަދު އިކްރާމް (އެންމެފަހު ވިންދާ ޖެހެންދެން)
- އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ވާށޭ މަށާއެކީ)
- އެންމެ މޮޅު ކުރު ފިލްމް: ވޫޑޫ
- އެންމެ މޮޅު ޑައިރެކްޓާ: އަލީ ޝިފާއު (ކުރު ފިލްމް ވޫޑޫ)
- އެންމެ މޮޅު އެކްޓްރެސް: ފާތިމަތު އާޒިފާ (އަޒޫ)، (ކުރު ފިލްމް ފަރިހިބެ 4)
- އެންމެ މޮޅު އެކްޓާ: އިބްރާހިމް ޖިހާދު (ޖިމީ)، (ކުރު ފިލްމް ކަޝްފު)
- އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ފާތިމަތު އާޒިފާ (އަޒޫ)
- އެންމެ މޮޅު ސަޕޯޓިން އެކްޓާ: އަހުމަދު ނާޝިތު (ކުރު ފިލްމް ވޫޑޫ)
- އެންމެ މޮޅު ސިނެމެޓޮގްރަފީ: އަލީ ޝިފާއު (ކުރު ފިލްމް ވޫޑޫ)
- އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (ކުރު ފިލްމް ވޯޑޫ)