ވިޔަފާރި

މޯލްޑިވިއަންއަށް 12 ސީޕްލޭން ހަމަކޮށްފި

Dec 21, 2017
1

ގައުމީ އެއާލައިންގެ ހިދުމަތް ވަރުގަދަ ކުރުމަށް، އެ ކުންފުނިން 12 ވަނަ ސީޕްލޭން ގެނެސްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިއްޔެ ޖެއްސި ސީޕްލޭނާއެކު އެ ކުންފުނީގެ މޫދަށް ޖައްސާ ބޯޓުގެ އަދަދު ވަނީ 12 އަށް އިތުރުވެފަ އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހުރިހާ ސީޕްލޭނެއް ވެސް ގެންނަނީ ގެނެގެން ކަމަށާއި، ސީޕްލޭން ފްރީޓް އިތުރު ކުރުމުގެ މަގުސަދަކީ ޓޫރިޒަމް ހަލުވިކަމާއެކު ފުޅާވަމުން ދިއުން ކަމަށެވެ.

އޭނާ ވިދާޅުވީ ސީޕްލޭންގެ އިތުރުން އެ ކުންފުނީގެ އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރަންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން އަންނަ މަހު ޑޭޝް-8 ގެ ބޯޓެއް ގެންނާނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދަނީ އިންޑިޔާ އާއި ޗައިނާ އަދި ތައިލެންޑާއި ބަންގްލަދޭޝްއަށް އުދުހުންތައް ބާއްވަމުންނެވެ.