ވިޔަފާރި

ޔޫރަޕް ޓޫރިސްޓުން އިތުރުވެ، ހެޔޮ ބަދަލު ފެންނަން ފަށައިފި

  • ޔޫރަޕުން އައި ޓޫރިސްޓުން 45.9 ޕަސެންޓް އިތުރުވި
  • ޔޫކޭ، ފްރާންސުން އައި ޓޫރިސްޓުން އިތުރުވި
  • ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަސް ވަނީ އިތުރުވެފައި

ޔޫރަޕު ޓޫރިސްޓުން އިތުރުވުމާއެކު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު މައްޗަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ޔޫރަޕުން 572,021 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 513,891 މީހުންނާ އަޅާ ބަލާއިރު 45.9 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ މަހު ޔޫރަޕުން އައި ޓޫރިސްޓުން ވަނީ ރާއްޖޭގެ ޓޫރިޒަމް 45.9 ޕަސެންޓް ހިއްސާކޮށްފަ އެވެ.

ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ރަޝިޔާ އާއި އިނިގޭސިވިލާތް އަދި ފްރާންސުގެ އިތުރުން ޖަރުމަނުވިލާތް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ފެށުނުއިރު، ރާއްޖޭގައި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ހޭދަކޮށްފައިވަނީ 5.7 ދުވަހާއި 6.5 ދުވަހެވެ. މިދިޔަ މަހު ޓޫރިސްޓުން ރާއްޖޭގައި 6.3 ދުވަސް ހޭދަ ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޓޫރިސްޓުން ހޭދަކުރި 6.2 ދުވަހާ ބަލާއިރު އިތުރު ވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1.2 މިލިއަން މީހުންނެވެ. ނަމަވެސް މި އަހަރުގެ ނިޔަލަށް 1.3 މިލިއަން މީހުން އަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.