ވިޔަފާރި

ވޮށްމުލި ރިސޯޓުގެ ޓޫރިސްޓުންނަށް ލަގްޒަރީ ޔޮޓްގެ ހިދުމަތް

ސެއިންޓް ރެޖިސް މޯލްޑިވްސް ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ލަގްޒަރީ ޔޮޓުގެ ހިދުމަތް ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ހިތްގައިމުކޮށް ފަރުމާކޮށްފައިވާ އެއް ރިސޯޓު ކަމަށްވާ ރާއްޖޭގެ ދ. ވޮށްމުލި ރިސޯޓުން ފެށި މި ހިދުމަތާ ބެހޭ ގޮތުން، މޯލްޑިވްސް އިންސައިޑާގައިވާ ގޮތުން، "ނޯމާ" ގެ ނަން ދީފައިވާ ހިތްގައިމު މި އުޅަނދަކީ އެޒިމުތް ފްލައިބްރިޖް 66 މަރުކާގެ ޔޮޓެކެވެ.

މި ޔޮޓުގައި އެންމެ ފެންވަރު މަތީ ކޮޓަރިތައް ހުންނައިރު، ނޯމާއަށް ފަރުމާކޮށްފައިވަނީ އާއިލާ އެއްކޮށް ގޮސް ހިތް އުފާކޮށްލެވޭނެ ގޮތަށެވެ. އަދި ޓޫރިސްޓުންނަށް މި އުޅަނދު ކުއްޔަށް ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސެއިންޓް ރެޖިސް މޯލްޑިވްސް ރިސޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ އެމެރިކާގެ ސްޓާވުޑްގެ އެންމެ އަގުބޮޑު ބްރޭންޑުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. ސިންގަޕޫރުގެ ފަރުމާ ކުރުންތެރިއެއްގެ ކުޅަދާނަ މަސައްކަތުން ކުރެހި މި ރިސޯޓުގައި 77 ވިލާ ހުރެ އެވެ. މި ރިސޯޓު މޫދު ވިލާތައް ފަރުމާކޮށްފައިވަނީ މަޑިއެއް ސިފަވާ ގޮތަށެވެ. އަދި ބާ ފެހުރިއްސެއްގެ ގޮތަށް ފަރުމާކޮށްފައިވާއިރު، ސްޕާ ހުންނަނީ އިއްސެއް ސިފަވާ ގޮތަށެވެ.

މާލެ އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ރާސްތާގަިއ އޮންނަ މި ރިސޯޓުގައި ހަ ރެސްޓޯރަންޓް ހުރެ އެވެ. މިގެ ތެރޭގައި ބިމު އަޑީގައި ހަދާފައިވަނީ ވައިން ސެލާ ރެސްޓޯރެންޓެއްވެސް ހިމެނެ އެވެ.