ރާއްޖެ ކުޅިވަރު

ތިންވަނަ ޑިވިޝަން ޗެމްޕިއަންކަން ސިފައިންގެ ކްލަބަށް

Dec 24, 2017

ޕެނެލްޓީގައި ސީލައިފް 4-3 ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ތިން ވަނަ ޑިވޝަންގައި މިއަހަރު 39 ޓީމެއް ބައިވެރިވެފައިވެ އެވެ. މުބާރާތް ކުރި އަށް ގެންދިޔައީ 10 ގްރޫޕަކަށް ބާހާލައިގެންނެވެ. ފައިނަލަށް މިދެޓީމުވެސް ދަތުރުކުރުމާއެކު މިއަންނަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުން މިދެޓީމަށްވެސް ފުރުސަތު ލިބުނީ އެވެ.

ސީލައިފް ގޮވައިގެން މުބާރާތަށް ނިކުތީ ކްލަބް ވެލެންސިއާ އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެޔާ އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ. ސިފައިންގެ ކްލަބް ގޮވައިގެން ނިކުތީ އަހުމަދު ނާޝިދު (ނާދު) އެވެ.

މެޗުގެ ފުރަތަމަ ހާާފްގައި އެއްވެސް ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ދެޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންގޮސްފައިވެ އެވެ.

މެޗުގެ ފުރަތަ ލަނޑު ޖަހައި ކުރިހޯދީ ސިފައިންގެ ކްލަބުން ނެވެ. މިލަނޑު އެޓީމަށް 80 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ނަދީފް އިބްރާހިމް އެވެ.

މެޗުގެ ކުޅުން ހަމަވާން ހަތަރު މިނިޓަށްވެފައިވަނިކޮށް ސީލައިފް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަޑެޔަންޖޫ އެވެ.

ޕެނެލްޓީގައި ސިފައިންގެ ކީޕަރު މުހައްމަދު ޝިފާންގެ ދައުރު ބޮޑެވެ. ސީލައިފްއަށް ކާމިޔާބުކުރެވުނީ ދެ ޕެނެލްޓީ އެވެ. ސިފައިންގެ ޓީމުން ވަނީ ތިން ޕެނެލްޓީ ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީލައިފްގެ އެޑެޔަންޖޫ އެވެ. މޮޅު ކީޕަރުގެ މަގާމު ހޯދާފައިވަނީ ބުރުގެ އަބްދުﷲ އަރުޝަމް އެވެ.