ލައިފްސްޓައިލް

މީކާ ސިންގުގެ ފަރާތުން ދިވެހިންނަށް ހާއްސަ މެސެޖެއް

Dec 25, 2017
2

އަހަރު ނިމި އާ އަހަރަށް މަރުހަބާ ކިޔާ އަދި މި އަހަރި ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ފާހަގަކުުރުމަށް ބާއްވާ ޝޯއަށް މި އަހަރު ގެންނަން ހަމަޖެހިފައިވާ ދެ ލަވަ ކިޔުންތެރިންގެ ތެރެއިން މީކާ ސިންގު ވަނީ ދިވެހިންނަށް ހާއްސަ މެސެޖެއް ދީފަ އެވެ.

މީކާ ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކާނިވާ ސްޓޭޖުގައި އޮންނަ އޭނާގެ ޝޯ ބަލަން ދިއުމަށް ހުރިހާ ދިވެހިންނަށް ދައުވަތު ދީފަ އެވެ. އަދި އެ ޝޯގައި މީކާ އާ އެކު ރާހަތު ފަތެހް ބައިވެރިވާނެ ކަމުގެ އުފާވެރި ހަބަރުވެސް ވަނީ ދީފަ އެވެ. އަދި ދިވެހިން ދެކެ ވަރަށް ލޯބިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

މީކާ ސިންގަކީ ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ފަންނާނެކެވެ. އިންޑިއާ އަށް އުފަން މީކާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ކޮމްޕޯސަރެއް، ޅެން ވެރިއެއް އަދި އެކްޓަރެއް ވެސް މެ އެވެ. މީކާ މަޝްހޫރުވެފައިވާ ލަވަތަކުގެ ތެރޭގައި "ބަސް އޭކް ކިންގް"، ޖަބް ވީ މެޓްގެ "މައުޖާ ހީ މައުޖާ"، ރައުޑީ ރާތޯރްގެ "ޗިންތާ ތާތާ ޗިތާ ޗިތާ" އަދި ހައުސްފުލްގެ "ދަންނޯ" ހިމެނެ އެވެ.

މީކާ ވަނީ މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވެފައިވާ އެއް ކޮންސެޓް ކަމަށްވާ ޔޫކޭގެ ބާމިންހަމްގައި މިދިޔަ އަހަރު ބޭއްވި ކޮންސެޓްގައި ޕާފޯމްކޮށްފަ އެވެ. އެ ކޮންސެޓް ބަލަން 80،000 އަށްވުރެ ގިނަ މީހުން ގޮސްފައިވެ އެވެ.

އޭނާ އަކީ ބޮލީވުޑްގެ ފޯރި ގަދަ ލަވަތައް ނުވަތަ "ޕާޓީ ލަވަ" ކިޔުމަށް މަޝްހޫރު ފަންނާނެކެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ހިމެނެނީ ސުލްތާންގެ "440 ވޯލްޓް"، ބަޖަރަންގީ ބައިޖާންގެ "އާޖް ކީ ޕާޓީ"، ކިކް ގެ "ޖުމްމޭ ކީ ރާތު"، ބަބްލޫ ހެޕީ ހޭ ކީ ގެ "ގަންދީ ބާތު" އަދި ފަޓާ ޕޯސްޓަރު ނިކްލޯގެ "ތު މެރޭ އަގަލް ބަގަލް" ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ ޝޯއަށް ބޮލީވުޑްގެ ތަރިންތަކެއް ގެނައުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެ ޝޯއަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ އިރު ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ަނީ ރާވާފަ އެވެ. އިވެންޓަށް ހާއްސަ ޕޭޖެއްވެސް މިހާރު ވަނީ ފޭސްބުކްގައި ހަދާފަ އެވެ. އެ ޝޯގެ ޕޯސްޓަރުތައްވެސް މިހާރުވަނީ ރިލީޒްކޮށްފަ އެވެ. ނިއު އިޔާ ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެރޭ ހަވާ އަރުވަންވެސް ވަނީ ނިންމާފަ އެވެ.