ދުނިޔެ

އިނގިރޭސި ވަލީ އަހުދަށް އަންހެން ބޭފުޅެއް ލިބިވަޑައިގެންފި

May 2, 2015

ޝާހީ އާއިލާއަށް މިއަދު މި އިތުރުވި އަންހެން ބޭފުޅަކީ އިނގިރޭސި ތަހުތަށް ވެޑުވޭނޭ ބޭފުޅުންގެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ 4 ވަނަ ބޭފުޅާއެވެ. ވިލިއަމްގެ މާމަ، ރާނީ އެލިޒަބަތު 2 އަށް ފަހު އެ ތަހުތާ އެންމެ ގާތުގައި ހުންނެވީ ވިލިއަމްގެ ބައްޕަ ޗާލްސްއެވެ. އެއަށް ފަހު ވިލިއަމް އާއި ވިލިއަމް އަދި ކޭޓްގެ ފިރިހެން ދަރިފުޅު ޖޯޖްއެވެ.