ހަބަރު

އައްޑޫގައި އެކްްސިޑެންޓެއްވެ، މީހަކާއި ކުއްޖަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގެ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކާއި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ޕިކަޕަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި ބުނީ އެހާދިސާގައި އަނިޔާވި ކުއްޖާއަށާއި މީހާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހުންނަށް ލިބުނު އަނިޔާގެ ތަފުސީލު އަދި ނުލިބޭ ކަމަށެވެ.

އައްޑޫ ލިންކް ރޯޑަކީ ކޮންމެ އަހަރަކުވެސް ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގާ މަގެކެވެ. އެ މަގުގައި ހިނގާ ގިނަ އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި ދިރިއުޅުން ބަދަލުވާ ފަދަ އަނިޔާތައް ލިބުމަކީ ވެސް ގިނައިން ހިނގާ ކަމެކެވެ.