ހަބަރު

ހުޅުމާލޭގެ އެކްސިޑެންޓެއްގައި ދުވަސްވީ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހުޅުމާލޭ ނިރޮޅުމަގާ ގުޅިފައިވާ ގޯޅިއަކުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އަނިޔާވީ އުމުރުން 88 އަހަރުގެ މީހަކަށް ކަމަށެވެ. އަދި ބުނީ އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު މާލެއަށް ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެކްސިޑެންޓްވި ސައިކަލު ދުއްވި މީހާ ހޯދަން ފުލުހުން ގެންދަނީ މަސައްކަތް ކުރަމުުންނެވެ.