ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ ކުންފުނިތަކުން އެކަމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ތާރީހު އިސްލާމިކް އެފެއާޒް މިނިސްޓްރީން އިތުރު ކޮށްދީފި އެވެ.
މިނިސްޓްރީން ބުނީ 31 ޑިސެމްބަރަކީ ކުރިން ފުރުސަތު ދީފައި އޮތް ދުވަސް ކަމަށްވީ ނަމަވެސް، މިހާރު 31 ޑިސެމްބަރު 2017 ވަނަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން މިހާރު އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ ޖަނުއަރީ މަހުގެ ހަތަރުވަނަ ދުވަސް ކަމުގައި ހަމަޖައްސައި މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.