ބޮލީވުޑް

ޝާހިދުގެ ފިލްމުގައި ދެ ބަތަލާއިން

Jan 8, 2018

ޝާހިދު ކަޕޫރު މުހިންމު ރޯލެއް ކުޅެފައިވާ "ޕަދްމާވަތް" ރިލީޒްކުރެވޭނެ ތާރީހެއް އަދި ތާރީހެއް އަދި ނޭނގުނަސް، އޭނާ މިހާރު އަންނަނީ އާ ފިލްމެެއް ކުޅެން ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޓޮއިލެޓް" ގެ ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގް ޑައިރެކްޓްކުރާ "ބައްޓީ ގުލް މީޓަރު ޗަލޫ" ގެ ލީޑްރޯލު ކުޅެން ޝާހިދު ވަނީ ހަމަޖައްސާފަ އެވެ.

އިންޑިއާ އަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމުގެ މައްޗަށް އުފައްދާ މި ފިލްމުގައި ޝާހިދާ އެކު ބަތަލާގެ ރޯލުން ދެ ބަތަލާއިން ފެނިގެންދާނެކަން މިވަނީ ހާމަވެފަ އެވެ.

އެންމެފުރަތަމަ މި ފިލްމުގެ ބަތަލާގެ ރޯލަށް ހަމަޖެއްސި ތަރިއަކީ ޝާހިދާ އެކު "ހައިދަރް" ގައި ވެސް ފެނިގެންދިޔަ ޝްރަދާ ކަޕޫރެވެ. އަދި އިއްޔެ ބަތަލާ ޔާމީ ގޯތަމް ކުރި ޓްވީޓެއްގައި ވަނީ އޭނާ އަކީ މި ފިލްމުގެ ބަތަލާއެއް ކަން ޔަގީންކޮށްދީފަ އެވެ.

ޔާމީގެ ޓްވީޓްގައި ވަނީ މި ފިލްމާ ގުޅުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި ޝާހިދާއި ޝްރަދާ އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.

ކްރީއާޖް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގެ އެއް ބަތަލާ އަކަށް ޔާމީ ހަމަޖައްސައި އޭނާ ފިލްމާ ގުޅުނުކަން ހާމަކުރުން ކޯސްޓާ ޝާހިދު ވަނީ ޔާމީ ފިލްމާ ގުޅުމަކީ ވެސް ލިބޭ އުފަލެއް ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމުގައި ޝްރަދާ އާއި ޔާމީ ކުޅޭނީ ކޮން ރޯލުތަކެއްކަން އަދި ހާމައެއް ނުކުރެ އެވެ.

ޔާމީގެ ދެ ފިލްމެއް މިދިޔަ އަހަރު ވަނީ ރިލީޒްވެފަ އެވެ. އެއީ "ކާބިލް" އާއި "ސަރްކާރް 3" އެވެ.

ޝްރީ ނާރަން އަކީ އިންޑިއާގައި ދިމާވަމުން އަންނަ ބޮޑެތި އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވައިގެން ފިލްމު އުފައްދަމުން އަންނަ ޑައިރެކްޓަރެކެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.