މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް، 0.18 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ބުނެފި އެވެ.
ރާއްޖޭގެ ތަފާސް ހިސާބުތައް ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ނެރެފައިވާ ނޮވެމްބަރު މަހުގެ އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ކަނޑު މަހާއި ސައިކަލް އަދި ގޯތި ގެދޮރުގައި ބޭނުންކުރާ ހަރު މުދަލުގެ އިތުރުން ލެޕްޓޮޕާއި ފޮތް އަދި ކަރަންޓު ހިމެނެ އެވެ.
އަގުތައް ދަށްވި ބާވަތްތައް:
* ކަނޑު މަސް (6.9-)
* ސައިކަލް (1.36-)
* ލެޕްޓޮޕް (1.1-)
* ގޯތި ގެދޮރުގެ ހަރު މުދާ (0.91-)
* ފޮތި (1.56-)
* ކަރަންޓް (0.23-)
އަގުތައް މަތިވި ބާވަތްތައް:
* ތަރުކާރީ (8.9+)
* ގޭގެ ކުލި (0.54+)
* ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް (1.59+)
* މޭވާ (1.95+)
* ކިރު ޗީޒް އަދި ބިސް (0.29+)
* އެހެނިހެން ކާބޯތަކެތި (0.53+)
* އެއްގަމު މަސް (1.2+)
* ތެލާއި ލުބްރިކަންޓް (2.55+)
ނޮވެމްބަރު މަހު އަގުތައް ދަށްވިނަމަވެސް އަހަރުން އަހަރަށް ބަލާއިރު އަގުތައް ވަނީ މަތިވެފަ އެވެ. މިގޮތުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ބަލާނަމަ އަގުތައް ވަނީ 0.62 ޕަސެންޓް ވަނީ މަތިވެފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އިންފްލޭޝަން ރޭޓް ދަށްވި ކަމަށް ނޭޝަނަލް ޕްލޭނިންއިން ބުނިއިރު، ސަރުކާރުން ވަނީ މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ބުނެފަ އެވެ.