ދުނިޔެ

ބާރުގަދަ ބިންހެލުމަކާ އެކު ކެރީބިއަން އަށް ސުނާމީއެއްގެ ބިރު

ކެރީބިއަން ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައުމުން ޔޫއެސް ވާޖިން އައިލެންޑްސް އަށާއި ޕޮޓޯރިކޯއަށް ސުނާމީއެއެއްގެ އިންޒާރު ދީފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ކެރީބިއަންގައިވާ ، ހޮންޑިއުރާސްގެ ސިޔާދަތީ ބާރު އޮންނަ ރަށްތަކެއް ކައިރިއަށް އައި ބިންހެލުމުގެ ބާރުމިން ހުރި ރިކްޓާ މިންގަނޑުން 7.6 ގައި ކަމަށެވެ. ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރައިފާނެ ކަަމުގެ އިންޒާރު ދީފައި ވާއިރު ސުނާމީގެ ސަަބަބުން އެއް މީޓަރުގެ އުސްމިނުގެ ރާޅު އަރާނެ ކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ލަފާކޮށްފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުމުގެ މަރުކަޒު ހުރީ ހޮންޑިއުރާސްގެ ބަރާ ޕަޓޫސާ ނަމަކަށް ކިޔާ ރަށުގެ އިރު އުތުރުން 125 މޭލު ދުރުގައި ކަމަށެވެ. ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 6.2 މޭލު އަޑިއަށެވެ.

ބިންހެލުމުގެ އަސަރު، ބިންހެލުމުގެ މަރުކަޒާ 323 މޭލު ދުރުގައިވާ ހޮންޑިއުރާސްގެ ޓެގޫސިގަލްޕާ ނަމަކަށް ކިޔާ ރަށަށް އިހުސާސްވިއެވެ. އެގޮތުން އެރަށުގެ ބައެއް އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔައެވެ.

ބިންހެލުމުގެ ސަބަބުން މީހަކަށް ކަމެއް ވީކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. -- ރޮއިޓާސް