އަބްދުﷲ ރިޔާޒް

ރިޔާޒުގެ އިތުރު ޝަރީއަތެއް ފަށަން ތައްޔާރުވެއްޖެ

ރިޔާޒު އަބްދުﷲ: އޭނާގެ މައްޗަށް އުފުލީ ދައުވާގެ ޝަރީއަތް ފަށަން ވަނީ ތައްޔާރުވެފަ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލި ތިންވަނަ ދައުވާގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ އެވެ. މިފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.

މިއަދު ވަނީ އެ މައްސަލާގެ ލިޔެކިޔުންތައް ކުރިމިނަލް ކޯޓުން ރިޔާޒާ ހަވާލުކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އަމަލު ކުރަން ފެށި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ އުފުލައި ކޯޓަށް ފޮނުވާތާ ފަސް ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ހަވާލުކުރަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތު ވަނީ ފަހަނަ އަޅާ ގޮސްފަ އެވެ. ރިޔާޒަށް ދައުވާކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ލިޔެކިޔުންތައް ހަވާލުކުރުމަށްފަހު މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ފަށާނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރިޔާޒުގެ މައްޗަށް ދައުވާ އުފުލީ ރިޔާޒުގެ ފޯނުން އޭނާ އާއި ދައުލަތުގެ މުވައްޒަފަކާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާތީ އެވެ. ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގައިވާ ގޮތުން ގާނޫނުގައި މަނާ ކޮށްފައިވާ ގޮތެއްގެ މަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ދައުލަތުގެ މުވައްޒަފަކާއެކު މުވާސަލާތެއް ކުރުމަކީ ކުށެކެވެ. މި ކުށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރިޔާޒުގެ މައްޗަށް މީގެ ކުރިން ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ ދައުވާ އުފުލީ، ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އެވެ. ފޯނު ޕިން ކޯޑް ނުދިނުމުން އުފުލި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތެއް ނުވެ އެވެ.

އިދިކޮޅު 12 މަޖިލިސް މެންބަރުންނާއެކު ވެސް ރިޔާޒުގެ މައްޗަށް ވަނީ ދައުވާއެއް އުފުލާފަ އެވެ. އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ، ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަލަ

ބަލަ މިރިޔާޒު ގެމައްސަތައްބެލުން މާލަސްވެއްޖެ ޒިންމާދާރު ވަޒީފާގައި ތިބެ ގައުމު ބޭޒާރު ކުރުމުގެ އެއްވެސް މީހަކައްއޮވެގެންނުވާނެ އެމީހަކު ހައްޔަރުކުރަންޖެހިއްޖެޔާއެކަންވެސްކުރަންމިސަރުކާރުފަހަތައްނުޖެހޭނެކަން މިއީ ގައުމަން ގައްދާރުވުމަކީ ހީކުރަނީ ފައިސާއަކީ ކޮންމެކަމެންކުރެވޭނެކަމަންތަ؟؟ އިންސާފު ބޭނުއްބަޔަކައްވަޒީފާދިނުން ހަމަބޭނުމީވެރިކަން ؟؟

އަލީ

ސަރުކާރު ޕްރެޝަރަށްވެއްޓިފައޮތް މިންވަރު މިދޭހަވަނީ، ބޭނުންވަނީ އެއްގޮތަކުން ކުރެ އަނެއްގޮތަކުންވެސް ހައްޔަރުކުރުން...ރިޔާސީ އިންތިހާބަށް މަގުފަހިކުރުން، އެކަމަކު ނުހޮވޭނެ، އިންސާފުވެރި، ދެފުއްފެންނަ އިންތިޚާބަކުން މިރައީސެއް ނުހޮވޭނެ، ނުހޮވޭނޭ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345