ކަނޑުމަތީގެ ހާދިސާ

ދޯންޏެއް ފަރަށް އަަރައި މީހަަކަށް އަނިޔާވެއްޖެ

Jan 11, 2018

މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ބ. އަޮތޮޅު އޭދަފުށީ ކައިރީ އޮންނަ ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ، ރޭ ދަންވަރު 2:30 ގައި ހިނގުމާއެކު އެމްއެންޑީއެފް ޑަރިވަރުން ގޮސް ފައިވާ ކަމަށާއި ފަރަށް އެރި 75 ފޫޓުގެ "ފަޒާ" އަކީ ރ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރު ކުރި ދޯންޏެއް ކަމަށެވެ.

ރޭގެ އެ ހާދިސާ ހިނގިއިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިއްބެވެ. އެ ހާދިސާގައި ދިވެހި މީހާއަށް އަނިޔާވެފައިވާތީ އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.