ބޮލީވުޑް

ކަރީނާގެ ދަރިފުޅުގެ މަގުބޫލްކަން އިންތިހާއަށް ބޮޑުވެއްޖެ

Jan 13, 2018
1

ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން މިހާރު އެންމެ މަޝްހޫރު އެއް ކުއްޖަކީ އަދި އަހަރެއްވީ ތައިމުރް އަލީ ޚާން އެވެ. މަންމަ ބަތަލާ ކަރީނާ ކަޕޫރާއި ބައްޕަ އެކްޓަރު ސައިފް އަލީ ޚާނަށް ވުރެން ތުއްތު ތައިމުރްގެ މަޝްހޫރުކަން ތަންފުކެއް ވެސް ކުޑައެއް ނޫނެވެ. ތައިމުރް ބޭރު ތެރެއިން އޭނާގެ މައިންބަފައިންނާ އެކު ފެންނައިރު އޭނާ އަށް ހުއްޓޭ ލޯތަކާއި ކެމެރާތަށް މަދެއް ނޫނެވެ.

ވިހެއި ދުވަހުން ފެށިގެން ޕަޕަރާޒީންގެ ލޯތަކަށް ތައިމޫރް ފޮރުވާކަށް ކަރީނާ އާއި ސައިފް މާބޮޑު މަސައްކަތެއް ނުކުރެ އެވެ. ބޭރު ތެރެއިން ކަރީނާ އާއެކު ފުރަތަމަ ފަހަރަށް ފެނިލުމުގެ ކުރިން ވެސް ކަރީނާ އާއި ސައިފް ވަނީ ތައިމޫރްގެ ފޮޓޯތައް އާންމުކޮށްފަ އެވެ.

ތައިމޫރްގެ ރީތިކާއި އޮންނަލެއް ޗަބީ ކަމުން މީހުންގެ ސަމާލުން ސޯޝަލް މީޑިއާ އަށް ދޫވާ އޭނާގެ ފޮޓޯތަކަށް ހުއްޓޭލެއް ވެސް އެހާމެ ގިނަ އެވެ.

ތައިމުރްގެ އުމުރުން އަހަރެއް ވިޔަސް އޭނާގެ މަޝްހޫރުކަން ބޮލީވުޑްގެ އޭ ލިސްޓް ތަރިންނެކޭ އެއްވަރަށް ބޮޑުވުމުން އޭނާ އަށް އަންނަނީ އިޝްތިހާރު ކުޅުމުގެ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ.

ކުޑަކުދިންގެ ބްރޭންޑްތަކުން ތައިމޫރަށް ވަރަށް ގިނަ ހުށަހެޅުންތައް ލިބެމުން އައި ނަމަވެސް އޭނާގެ މައިންބަފައިން އެއިން އެއްވެސް ހުށަހެޅުމެއް ގަބޫލުކޮށް ތައިމޫރް ލައްވާ އިޝްތިހާރު ކުޅުވާކަށް ބޭނުމެއް ނުވެ އެވެ. އެއަށް ވުރެން ތައިމޫރް މާ ޅަ އެވެ. އަދި މިހާރު ވެސް އޭނާ އަށް އެހާ ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު އިތުރަށް ތައިމޫރް ކެމެރާގެ ކުރިމައްޗަށް އަރުވައި ބެލުންތެރިންގެ ސަމާލުމަކަށް އޭނާ ގެންނަން ކަރީނާ އާއި ސައިފް ބޭނުންމެއް ނުވެ އެވެ.

ބޮލީވުޑްގެ ގިނަ ތަރިންނަކީ އެމީހުންގެ ދަރިން ކުޑައިރު މީޑިއާގެ ސަމާލުކަން ހުއްޓޭކަށް ބޭނުމެއްނުވެ އެވެ.