ދުނިޔެ

ރިޔާސީ ދައުރު ދިގު ކުރަން ލަންކާ ސުޕްރީމް ކޯޓުންް ނުނިންމި

ސްރީލަންކާގެ ރިޔާސީ ދައުރުގެ ދިގުމިނަކީ ފަސް އަހަރު ކަމަށް ކަނޑައަޅަން އެ ގައުމުގެ ގާނޫނޫ އަސާސީއަށް 2015 ވަނަ އަހަރު ގެނައި 19 ވަނަ އިސްލާހަށް އަމަލުކުރަންް ޖެހޭނެ ކަމަށް އެގައުމުގެ ސުޕްރިީމްކޯޓުން ނިންމައިފި އެވެ.

ލަންކާގެ ރައީސް އޮފީހުން ބުނީ އެގައުމުގެ ގާނޫނު އަސާސީއަށް ގެނައި 19 ވަނަ އިސްލާހާ އެއްގޮތަށް ރިޔާސީ ދައުރެއްގެ ދިގުމިނަކީ ފަސް އަހަރު ކަމަށް ސިޔާސީ އަދި ގާނޫނީ ބައެއް ފަރާތްތަކުން ބުނާ އިރު އަނެއް ބަޔަކު ބުނަނީ ދައުރުގެ ދިގުމިނަކީ ކުރިން އޮތް ގޮތަށް ހަ އަހަރު ކަމަށް އަނެއް ބަޔަކު ބުނާ ކަމަށެވެ. އެކަމުގައި ސުޕްރީމްކޯޓުގެ ރައުޔެއް ހޯއްދަވަން ރައީސް މައިތިރިޕާލާ ސިރިސޭނާ އެދިވަަޑައިގެންނެވީ އެހެން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރިޔާސީ ދައުރުގެ ކަންތަކުގައި ސުޕްރީމްކޯޓުގެ ރައުޔަކަށް ސިރިސޭނާ އެދިވަޑައިގެންނެވުމުން އެކަަމަށް ގޮތެއް ކަނޑައަޅަން އެކޯޓުން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލިއެވެ. އަދި ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގައި އެ ބެންްޗުން ނިންމީ ރިޔާސީ ދައުރުގެ ދިގުމިނަކީ ފަސް އަހަރު ކަމަށެވެ. ލަންކާ ރައީސް އެޮފީހުން ބުނީ ކޯޓުގެ އެ ރޫލިން ކޯޓުން ރައީސާ ހިއްސާކޮށްފައިވާ ކަމަށެވެ.

ލަންކާގައި ކުރިން ރިޔާސީ ދައުރުގެ ދިގުމިނަކީ ހަ އަހަރެވެ. އެ މުއްދަތު ފަސް އަހަރަށް ކުރު ކުރީ ރައީިސް ސިރިސޭނާގެ އެދިވަޑައިގެންނެވުމުން 2015 ވަނަ އަހަރުއެވެ.

އޭރުގައި ސިރިސޭނާ ވިދާޅުވީ ފަސް އަހަރު ވެސް އެއީ ދިގު މުއްދަތެއް ކަމަށެވެ.

"އަޅުގަނޑު ބާރު އެޅިން ރިޔާސީ ދައުރު ހަތަރު އަަހަރަށް ކުޑަ ކުރަން. އެކަމަކު ގާނޫނު އަސާސީއާބެހޭ މާހިރުން އެކަމުގައި އަޅުގަނޑާ އެއްބަސްވެވަޑައެއް ނުގަތް. އެބޭފުޅުން ވިދާޅުވީ ކޮންމެ ހަތަރު އަހަރަކުން އިންތިހާބު ބޭއްވުމަކީ ގައުމަކަށް ރަނގަޅު ކަމެއް ނޫނޭ،" މައިތިރިޕާލަ ސިރިސޭނާ އޭރު ވިދާޅުވި ކަމަށް ލަންކާގެ ރައީސް އޮފީހުގެ ވެބްސައިޓްގައި މިހާރުވެސް ބުނެފައި ވެއެވެ.

ސިރިސޭނާ އޭރު ވިދާޅުވީ އޭނާ މިސާލު ނަންގަވަނީ ދެކުނު އެފްރިކާގެ ލީޑަރު ނެލްސަން މަންޑޭލާގެ މަސައްކަތްޕުޅުން ކަަމަށެވެ.