ހަބަރު

ތާޖުއްދީން ސްކޫލަށް ގްރޫޕަކުން ވަދެ ދަރިވަރަކު ޒަހަމް ކޮށްލައިފި

ތާޖުންދީން ސުކޫލްގެ ތެރެއަށް ގްރޫޕަކުން ވަދެ ދަރިވަރަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ، ތާޖުންދީން ސުކޫލްގެ ތެރޭގައި އެ ސްކޫލްގެ ދަރިވަރަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:30 އެހާއިރު ކަމަށެވެ. ފުލުހުން ބުނީ، ތާޖުއްދީން ސުކޫލަށްވަދެ މާރާމާރީ ހިންގި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އަނިޔާ ލިބުނު ކުއްޖާ ފަރުވާދިނުމަށް އައިޖީއެމްއެޗަަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ގްރޫޕަކުން އެ ސުކޫލަށްވަދެ ހަމަލާދީފައިވަނީ ގްރޭޑް 10 އެއްގައި ކިޔަވަމުންދާ ދަރިވަރަކަށެވެ. އޭނާ އަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެ އެވެ.