ތެލުގެ އަގު

އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފި

Jan 17, 2018
4
  • ޕެޓްރޯލް ލިޓަރަކުން 80ލ. ބޮޑު ކުރި
  • ޑީސަލް ލިޓަރަކުން 54ލ. ބޮޑު ކުރި
  • ދުނިޔޭގައި ތެޔޮ ފީފާއެއް 70 ޑޮލަރުގައި

އެސްޓީއޯ އިން ޕެޓްރޯލް ލިޓަރަކުން 80ލ. އަދި ޑީސަލް ލިޓަރަކުން 54ލ. ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ތެލުގެ އަގަށް ބަދަލު ގެނައުމާއެކު، ޕެޓްރޯލާއި ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 10.40ރ. އަށް ކަމަށެވެ.

އެ ކުންފުނިން ބުނީ ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާ ގުޅިގެން ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެފަހަރު ޕެޓްރޯލް ލިޓަރަކުން 35 ލާރި ބޮޑުކޮށް، ޑީސަލް ލިޓަރަކުން 44 ލާރި ބޮޑުކޮށްފައިވެ އެވެ.

ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެނައިރު، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގަ އެވެ.