ހަބަރު

ވިލާގެ ރިސޯޓްތަކުގައި ހުރި އޫރުމަހާއި ރާ ކަސްޓަމުން ގެންދަނީ

ވިލާ ހޮޓެލްސް އިން ހިންގަމުން ގެންދާ ފަސް ރިސޯޓްގެ ތެރެއިން ރޯޔަލް އައިލޭންޑް ރިސޯޓް ފިޔަވައި ދެންހުރި ހުރިހާ ރިސޯޓެގައި ހުރި ބަނގުރާތަކާއި އޫރުމަސްތައް އެ ރިސޯޓްތަކުން ބާލައިގެން ގެންދިއުމުގެ މަސައްކަތް ކަސްޓަމުން ފަށައިފި އެވެ.

ވިލާގެ ރިސޯޓްތަކުން ވާހަކަ ދެއްކެވި އޮފިޝަލަކު މިރޭ "އަވަސް" އަށް ވިދާޅުވީ، ކަސްޓަމްގެ ޓީމަކުން ހަތަރު ރިސޯޓްގައި ހުރި ބަނގުރަލާއި އޫރުމަސް ބަލައި އަންނާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެތަކެތި ހަވާލުކުރުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހަތަރު ރިސޯޓަކީ ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ.

އޮފިޝަލް ވިދާޅުވީ، އެކަމަކީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ހިންގަމުން ގެންދާ އަމަލެއް ކަމަށާއި އެކަމަކީ ގާސިމް އަށް ގެއްލުން ދިނުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، އެކަމަކީ ރިސޯޓްތައް ހުއްޓުމަކަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ.

ފުލުުހުންނާއި ކަސްޓަމްސްގެ ޓީމެއް ގުޅިގެން ރެއިން ފެށިގެން ދަނީ ގާސިމްގެ ފަސް ރިސޯޓެއް ފާސް ކުރަމުންނެވެ. ފާސް ކުރަމުންދާ ފަސް ރިސޯޓަކީ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ.