ފިނިޕޭޖް

މަންމައާ އެކު ޗުއްޓީއެއްގައި ޖަސްޓިން ބީބާ ރާއްޖޭގައި!

Jan 19, 2018

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ މަންމައާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ. ބީބާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ފޯ ސީސަންސްގެ ލަނޑާ ގިރާވަރު ރިސޯޓްގަ އެވެ.

ޖަސްޓިން އޭނާގެ މަންމައާއެކު ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކެއް އޭނާގެ މަންމަ ޕެޓީ މެލެޓް ވަނީ އިއްޔެ އިންސްޓަގްރާމަށް ލައިފައެވެ. ބީބާއާ އޭނާގެ މަންމައާ ދެމެދު އޮތް ގުޅުން މި ދޭތެރޭން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު އިއްޔެ އާންމު ކުރި ފޮޓޯގެ ކެޕްޝަންގައި އޭނާގެ މަންމަ ވަނީ ޖަސްޓިން އަށް އައިސްފައިވާ ބަދަލާމެދު ފަހުރުވެރިވާ ކަމަށާއި އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށް ބުނެފަ އެވެ. އެއާއެކު އެ ދެމައިންގެ ގުޅުން މިހާރު ރަނގަޅުވެފައިވާ ކަމަށް ބެލެވެ އެވެ.

"ދަރިފުޅުގެ އަހުލާގާއި ތެދުވެރިކަމާމެދު މަންމަ ފަހުރުވެރިވަން. އެއްވެސް މީހަކީ ފުރިހަމަ މީހެއްނޫން. އެކަކު އަނެކަކު ދެނެގަންނަން ކޮންމެ މީހަކަށް ވެސް ވަގުތާއި ކެތްތެރިކަން ބޭނުންވޭ. ދަރިފުޅުގެ ހިތަކީ ސާފު ހިތެއް،" ބީބާގެ 41 އަހަރުގެ މަންމަ ބުނެފައިވެ އެވެ.

ބީބާއާ އޭނާގެ މަންމަ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ކިތައް ދުވަހަށް ކަމެއް ނޭނގެ އެވެ. ބީބާ ރާއްޖޭގައި މިވަގުތު ހުރި އިރު ބައެއް މަޝްހޫރު ފުޓްބޯޅަކުޅުންތެރިންވެސް މިއަހަރު ރާއްޖެއަށް އައިސްފައިވެ އެވެ.