ހުޅުމާލޭ ޔޫތު ސިޓީ

ރައީސް ޔާމީނާއެކު ޔޫތް ސިޓީ އޮތްކަން ދައްކާލައިފި

Jan 20, 2018
12

ރައީސް އަބްދުﷲ ޔާމީން އާ ދައުރަކަށް ހޮވުމަށް ފަށާ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމް ހުޅުމާލޭ ޒުވާނުން އިސް ނަގައިގެން ހަރަކާތެއް ބާއްވައި ރައީސް ޔާމީންއާއެކު ޒުވާނުން ތިބިކަން ދައްކާލައިފި އެވެ.

އިއްޔެ ހުޅުމާލޭގައި ސައިކަލް ބުރެއް ބާއްވާފައިވަނީ ޕީޕީއެމް އުއްމީދު ޖަގަހައިގެ ޒުވާނުން އިސްނަގައިގެންނެވެ. އެ ޒުވާނުންގެ ފަރާތުން މައުލޫމާތު ދެއްވަމުން ޒައިދުލް އަމީން ވިދާޅުވީ، "ވައި ފޯ ޔޫތް"ގެ ނަމުގައި އިއްޔެ ހަވީރު ސައިކަލް ބުރެއް ބޭއްވުމުގެ މަގުސަދަކީ ރައީސް ޔާމީންގެ ކެމްޕެއިނަށް ތައްޔާރުވުން ކަމަށެވެ.

ޒައިދުލް އަމީން ވިދާޅުވި ގޮތުގައި، އިއްޔެ ސައިކަލް ބުރުގައި 1،000 އަށްވުރެ ގިނަ ސައިކަލްގައި ޒުވާނުން ބައިވެރިވި އެވެ. މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތްތާ ވެސް ހުޅުމާލޭގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމްއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޕާޓީގެ ޕްރައިމަރީއެއް ނުބާއްވާ ރައީސް ޔާމީންއަށް ޓިކެޓް ދިނުމަށް އެ ޕާޓީން މިހާރު ވަނީ ނިންމާފަ އެވެ.