އިގެރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އެންގޭޖު ވެއްޖެ އެވެ. އެޑް އެންގޭޖް ވެފައިވަނީ އޭނާ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅޭ ޗެރީ ސީބޯންއާ އެވެ.
ގްރޭމީ އެވޯޑްސް ހޯދާފައިވާ އެޑް އޭނާ އެންގޭޖުވިކަން އިއުލާން ކޮށްފައި ވަނީ އިއްޔެ އޭނާގެ އޮފިޝަލް އިންސްޓަގްރާމްގައި ކޮށްފައި އިން ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ ދެ މީހުން އެންގޭޖުވީ އާ އަހަރު ފެށެން ގާތްވެފައި ވަނިކޮށް ކަމަށެވެ.
އެޑް އާއި ސީބޯން އަކީ އެ މީހުންގެ ސުލޫކު ދައުރުގައި ގާތް ދެ ރައްޓެހިންނެެވެ. އެ ދެ މީހުން އަލުން ދިމާވެފައިވާނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.