ހަބަރު

ވިލާގެ ރޯޔަލް ރިސޯޓްގެ ބަނގުރާ ލައިސަންސް ވެސް ހިފަހައްޓައިފި

ރާއްޖޭގެ ރޯޔަލް އައިލެންޑް ރިސޯޓް: އާމްދަނީ އިތުރުވީ ޓޫރިސްޓުން އިތުރުވުމުން
0%
0%
0%

ވިލާ ކުންފުނީގެ ރިސޯޓްތަކުގެ ތެރެއިން ރާ ވިއްކުމުގެ ހުއްދަ މިހާރު އޮތް ހަމައެކަނި ރިސޯޓް، ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކޮށްފައިވާ ބަނގުރާ ގެންގުޅުމާއި ވިއްކުމުގެ ހުއްދަ ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އަށް ކަސްޓަމްސްގެ ޑިރެކްޓަރު ނާހިޔާ މުހައްމަދު ސޮއިކޮށް އިން މިއަދު ފޮނުވި ސިޓީގައި ވަނީ އެ ލައިސަންސް ހިފެހެއްޓީ ބަނގުރަލާއި އޫރުމަހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާފައިވާ ކަމަށް ފާހަގަވެފައިވާތީ ކަމަށެވެ. އަދި މިއަދުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.

ވިލާގެ ހަތަރު ރިސޯޓަކަށް ކަސްޓަމްސްގެ އޮފިސަރުން ސިފައިންނާ އެކު އެރީ، މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ރިސޯޓްތަކަށް ބަނގުރާ އެތެރެކުރުމުގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އެ ކުންފުނީގައި އެކަން ކުރުމުގެ ހުއްދަ އޮންނަ ހަމަ އެކަނި ރިސޯޓް ރޯޔަލް ރިސޯޓަށް ގެންނަ ބަނގުރާ އެ ކުންފުނީގެ ނަމުގައި ބޮންޑެޑް ވެއާހައުސް އިން ނެރުމަށްފަހު، ފަހުން އެހެން ރިސޯޓްތަކަށް އެތަކެތި ގެންދާ މައްސަލައިގަ އެވެ.

އެ މައްސަލައާ ގުޅިގެން ފަން އައިލެންޑް ރިސޯޓަށް އިއްޔެ ކަސްޓަމްސްގެ ޓީމްތަކެއް އަރައި އެ ރަށުގައި ހުރި ބަނގުރާ ސްޓޮކް ވަނީ އެއްކޮށް ނެރެގެން ގެންގޮސްފަ އެވެ. އެކަމާ ގުޅިގެން އެ ކުންފުނީގެ ރިސޯޓްތަކުގެ ބާތައް ހުއްޓި ޓޫރިސްޓުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައި ކަމަށް އެ ރިސޯޓްގެ މެނޭޖްމަންޓުން ބުނެ އެވެ. އެ އޮޕަރޭޝަން ހިންގި އިރު 100 އަށް ވުރެ ގިނަ ޓޫރިސްޓުން އެރަށުން ހިދުމަތް ހޯދަމުން ދިޔަ ކަމަށް ވިލާ ކުންފުނިން ވަނީ ބުނެފަ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުހައްމާކަލޯ

ކޮބާ ވިލާ ގްރޫޕް. ކޮބާ އިދިކޮޅޭމެން. ކޮބާ ކުނޫޒަށް އެއްވާ ގްރޫޕް. ކޮބާ އާޓިފިޝަލް ބީޗް ސަރަޙައްދައް އެއްވާ ގުރޫޕް. ކޮބާ ވިލާ ރިސޯޓްތަކުގަ މަސައްކަތްކުރާ މީހުން. ތިޔަބައި މީހުނަށް ވިލާ ގެ ފެންވަރު އެގިއްޖެބާ. އަދިވެސް ފާޑުފާޑުގެ ވާހަކަ ދައްކާ. މިއޮތީ ބޮޑު ބޭޒާރުވެފަ. ވިލާގެ ދަރަނިތައް އޮތް މިންވަރު މިއޮތީ އެގެން. ވިލާގެ ރިސޯޓެއް ވިއްކާކައިގެންވިޔަސްހެޔޮ ލަސްނުކޮށް ފައިސާ އަތުލުމަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހިފައިވާ ޤައުމީ މަސައްކަތެއް. މީދެންވަރަށް ވާހަކަ. އެމަންޒަރު އަޅުގަނޑަށް އެބަ އިޙްސާސްވޭ.

ަަމަދޮށި

ގާސިމުގެހުރިހާލާރިއަކީ މައުމޫނުގެ ދައުރުގައި ސަރުކާރުތެރެއިން ނާޖާއިޒުގޮތުގައި ހޯދާފައިވާފައިސާ

އަހަރެން

ބަނގުރަލާއި އޫރުމަސް ވިއްކައިގެން މުއްސަދިވުމަކީ ކޮންކަހަލަކަމެއް.

ނަަލަ ނަލަ

ތެހިރަފެންނަނީ ރައްޔަތުންނައް ގައްދާރުވެގެން ބާރުގެ ބޭނުން ނުހަމަގޮތުގާ އޭރުގެ ފިނޭސްމިނިސްޓަރުކަމުގާ ހިތުހުރިގޮތައް ކަސްޓަމްސްގެ ވެރިންބޭނުންކޮއްގެން ކުރިކަންތައްއަދިވެސް ސިމެންތިހޯދާ؟؟ދެންވެސް ނަހައްގުން ތަކެތިހޯދައިދިނީ ތިރީސްއަރު ވެރިކަންކުރި މައުމޫނު

ޏ ސިޓީއުރަ

ބަނޑުވަތަށްވެއްޓެނީއޯ ތަމެންގެވަސްގަދަ ސަރުކާރުވެއްޓެނީއޯ !!

އަލީ

ޑިރެކްޓަރ "ނާހިޔާ" އަށް ވަރަށް ސަލާމް !

ފފ

މުސްލިމުން ބަންގުރަލާއި އޫރުމަސް ގަނެ ވިއްކުމަކީ ހުއްދަ ކަމެއްނޫން، އެފަދަ ހުއްދައެއް ނުވެސް ދެވޭނެ!

ސސ

އެއްވެސް ބަޔަކަށް ބަންގުރާ ވިއްކުމުގެ ހުއްދައެއް ލިބިފަކާ ނޯނާނެ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345