ބޮލީވުޑް

ނަތަންޔާހޫއާއެކު ބޮލީވުޑް ތަރިން ނެގި ސެލްފީ

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑްގެ ތަރިންނާއި ބައްދަލުކޮށް ނެގި "އޮސްކާ ސެލްފީ" ފިސާރި ވައިގަހިފައިފި އެވެ.

ނަތަންޔާހޫ އޭނާގެ އޮފިޝަލް ޓްވިޓާގައި ޝާއިއުކޮށްފައިވާ އެ ސެލްފީ މިހާރު ދަނީ ޝޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އިންޑިއާ އާއި އިޒްރޭލާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ހަރުދަނާ ކުރުމުގެ ނިޝާނެއްގެ ގޮތުގައި ނެގި މި ސެލްފީގައި ނަތަންޔާހޫގެ އަންހެނުން ސާރާ އާއި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި އަބީޝޭކް ބައްޗަން އާއި އަންހެނުން އައިޝްވާރިޔަ ބައްޗަނާއި ޑައިރެކްޓާ ކަރަން ޖޯހަރް، ވިވެކް އޮބްރޯއި، އަދި ވެސް މަޝްހޫރު ތަރިން ބައިވެރިވި އެވެ.

އިތުރު ތަރިންގެ ތެރޭގައި ސާރާ އަލީ ހާން، ފިލްމުމޭކާ އިމްތިޔާޒް އަލީ، މާދުރް ބަންދަރުކަރް، ނިކިލް އަދްވާނީ، އަބީޝޭކް ކަޕޫރް، ސުބާޝް ގާއީ، އަދި ލިރިސިސްޓް ޕަރްސޫން ޖޯޝީ ހިމެނެ އެވެ.

މި ސެލްފީ ނެގުމުގެ ކުރިން އެ ހަފްލާގައި ވާހަކަދައްކަމުން ޔަތަންޔާހޫ ވިދާޅުވެފައި ވަނީ އިންޑިއާ އަދި އިޒްރޭލާއި ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެންމެނަށް އަންގައިދޭން ބޭނުންވާ ކަމަށާއި އެކަން ހާމަކޮށް ދިނުމަށް ހުރިހާ ތަރިންނާއެކު އޭނާ ސެލްފީއެއް ނަގަން އެދިވަޑައިގަންނަވާ ކަމަށެވެ.