ދުނިޔެ

ސައުދީން ހައްޔަރުު ކުރި ޝާހީ ބޭފުޅުންތަކެއް ދޫކޮށްލައިފި

ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސައުދީގައި މިދިޔަ އަހަރު ފަހުކޮޅު ހިންގި ހަރަކާތުގައި ހައްޔަރު ކޮށްފަައިވާ ޝާހީ އާއިލާގެ ގިނަ ބޭފުޅުންތަކެއް ދޫކޮށްލައިފި އެވެ.

ސައުދީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ ކޮރަޕްޝަނުގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ ތެރެއިން ފައިސާ ދައްކަން އެއްބަސްވި 90 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބުނީ ފައިސާ ދައްކަން އެއްބަސް ނުވި 95 މީހަަކާ ދެކޮޅަށް ދައުވާ އުފުލަން ފޮނުވާފައިވާ ކަަމަށެވެ.

މިދިޔަ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސައުދީ ސަރުކާރުން ހިންގި ހަރަކާތުގައި ޖުމްލަ 350 މީހުން ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ޝާހީ އާއިލާގެ އެތައް ބޭފުޅުންނަކާއި ކުރީގެ ބައެއް ވަޒީރުންނާއި ބޮޑެތި ވިޔަފާރިވެރިން ހިމެނެއެވެ. އެ ބޭފުޅުން ހައްޔަރު ކޮށްފައި ތިބީ ވެރިރަށް ރިޔާޒުގައިވާ ރިޒްކާލްޓަން ހޮޓަލުގައެވެ.

ޝާހީ އާއިލާގެ ބޭފުޅުންނާއި ވިޔަފާރިވެރިން ހައްޔަރު ކުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން އުފެއްދި އާ ކޮމިޓީއެއްގެ އަމުރަށެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނެވީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދުގެ ދަރިކަލުން އަމީރު މުހައްމަދު ބިން ސަލްމާނެވެ. މުހައްމަދަކީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުވެސް މެއެވެ.

އޭރު ހައްޔަރު ކުރި ބޭފުޅުންގެ ތެރޭފައި ބިލިޔަނަރު އަމީރު ވަލީދު ބިން ތަލާލާއި ސައުދީ ނެޝަނަލް ގާޑުގެ ކުރީގެ ވެރިޔާ މުތުއިބު ބިން އަބުދުﷲ ހިމެނިވަޑައިގަންނަވަ އެވެ. ފައިސާ ދައްކަވަން އެއްބަސްވެވަޑައިގެންނެވުމުން މުތުއިބު ވަނީ ފަހުން މިނިވަން ކޮށްފަ އެވެ. ވަލީދު ވެސް ގެންދަވަނީ ފައިސާ ދެއްކެވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ދުވަސް ކޮޅެއް ކުރިން ހަބަރު ފެތުރުނެވެ.

ސައުދީ ސަރުކާރުންް ކުރިން ބުނެފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ އަތުން 100 ބިލިޔަންް ޑޮލަރު ލިބެން ޖެހޭ ކަމަށެވެ.