ވިޔަފާރި

ބީއެމްއެލް މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ ފައިދާ 42 ޕަސެންޓް މައްޗަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާފު ފައިދާ 42 ޕަސެންޓް އިތުރުވެއްޖެ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 350 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ ބޭންކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ފައިދާ އިތުރުވެފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރި ނިސްބަތްވެސް އިތުރުވެފައިވާ ކަމަށް ބޭންކުން ބުނެފައިވެ އެވެ.

ނަމަވެސް، ދިޔަ އަހަރުގެ މާލީ ހިސާބުތަކުގެ އޮޑިޓްކޮށް މުޅިން ނުނިމޭތީ، މުޅި އަހަރުގެ ނަތީޖާ އެ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިދިޔަ އަހަރު 23،000 އާ ކަސްޓަމަރުން އެ ބޭންކާ ގުޅިފައިވާ ކަމަށެވެ.
އަދި ބީއެމްއެލް ބޭންކުގެ މި އަހަރުގެ އަމާޒަކީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 މަޝްރޫ އާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާކޮށް އަދި ރާއްޖޭން ބޭރަށް ހިދުމަތް ފޯރުކޮށްދޭން ވެސް ނިންމާފައެވެ.

މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއާ ބެހޭ ގޮތުން ހޮޓެލް ޖެންގައި މިއަދު ވާހަކަ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުގެ އަމާޒަށް ވާސިލްވާން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ބީއެލްއެލް އިން ބުނި ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާކުރަން މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާއިރު، އަދި އާބާދީ ކުޑަ ރަށްތަކަށް ކޭޝް އެޖެންޓުގެ ހިދުމަތް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.