ހޮލީވުޑް

މާޗްގައި: ސްކޭންޑަލް އާއި ހައުޓު ގެޓް އަވޭ ވިތް މާޑާ

އެމެރިކާގެ ޓީވީ ޕްރޮގުރާމްތައް ހަދާ މަޝްހޫރު ޕްރޮޑިއުސާ އަދި ރައިޓާ ޝޮންޑާ ރައިމްސްގެ ޝޮންޑަލޭންޑުން ގެނެސްދޭ ދެ ސީރީޒް ކަމުގައިވާ "ސްކޭންޑަލް" އަދި "ހައުޓު ގެޓް އަވޭ ވިތް މާޑާ" ވިންޓާ ބްރޭކަށްފަހު މިދިޔަ ހަފްތާގައި ވަނީ އަލުން ފަށާފަ އެވެ.

އާ އެޕިސޯޑުތައް ދައްކަން ފެށުމުން ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ ދެ ސީރީޒްގެ ކާސްޓުން އެއްކޮށް ފެނިގެންދާނެ ކްރޮސްއޯވާ އެޕިސޯޑުތައް ބަލައިލުމަށެވެ. އަދި މިއީ ސްކޭންޑަލް ސީރީޒްގެ އެންމެ ފަހުގެ އެޕިސޯޑުތަކަށް ވާނެތީ ގިނަ ބަޔަކު ތިބީ ވާނެގޮތް ބަލަން ވެސް ކެއްމަދުވެފަ އެވެ.

އަންނަ މާޗު މަހު އެކަކުން ފެށިގެން އެ އެޕިސޯޑުތައް ދައްކަން ނިންމާފައިވާއިރު މިހާރުވަނީ ކްރޮސްއޯވާގެ "ފަސްޓް ލުކް" ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އެ ފޮޓޯއިން ފެނިގެންދަނީ އެ ދެ ސީރީޒްގެ ލީޑު ބަތަލާއިން ކަމުގަވާ ވަޔޯލާ އަދި ކެރީ އެވެ.

ސްކޭންޑަލްއަކީ އެމެރިކަން ޕޮލިޓްކްސްގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ ފެންޓަސީ ޑްރާމާއެވެ. ހައުޓު ގެޓް އަވޭ ވިތް މާޑާއަކީ މިހާކު މަރާލުމަށްފަހު އެ މަރުގެ ޒިންމާ އިން ސަލާމަތްވުމަށް ލޯޔަރުންތަކެއް ކުރަމުންދާ ކަންތައްތަކެއް ދައްކުވައިދޭ ޑްރާމާއެކެވެ.

އެ ދެ ސީރީޒްގެ އާ އެޕިސޯޑުތައް ނިކުންނަނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އެވެ.