ދުނިޔެ

ދެވަނަ ދައުރަކަށް ކުރިމަތިލާކަށް އަދި ނުނިންމަަން: ސިރިސޭނާ

ރައީސްކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އަވަށްޓެރި ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ލަންކާގެ މީޑިއާތަކުގެ ވެރިންނާ އިއްޔެގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ ވިދާޅުވ ރައީސްގެ ގޮތުގައި ވިޔަސް ނޫނީ އެހެން ގޮތެއްގައި ވިޔަސް ސިޔާސީ މަސައްކަތްޕުޅު އަދިވެސް ކުރިއަށް ގެންދަވާނެ ކަަމަށެވެ.

ސިރިސޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު އޭނާ ވަނީ ރައީސް ކަމުގައި ހަ އަހަރު ދުވަހު ހުރުމާ މެދު ލަންކާ ސުޕްރީމްކޯޓުގެ ލަފާ ހޯއްދަވާފައެވެ. ލަންކާގައި ކުރިން ރިޔާސީ ދައުރަކީ ހަ އަހަރު ދުވަހެވެ. ނަމަވެސް 2015 ވަނަ އަަހަރު ސިރިސޭނާ އެދިވަަޑައިގެންނެވުމުން އެގައުމުގެ ޕާލަމެންޓުން ގާނޫނު އަަސާސީއަށް ބަދަލު ގެނެސް، އެ މުއްދަތު ވަނީ ފަސް އަހަރަށް ކުރުކޮށްފައެވެ.

ލަންކާ ސުޕްރީމް ކޯޓުން ނިންްމީ ރިޔާސީ ދައުރުގެ މުއްދަތަކީ ފަހުން ކަނޑައަޅާފައިވާ ގޮތަށް، ފަސް އަހަރު ކަމަށެވެ.
އޭރުގައި ސިރިސޭނާ ވަރަށް ގިނައިން ވިދާޅުވީ ފަސް އަހަރު ވެސް އެއީ ދިގު މުއްދަތެއް ކަމަށެވެ.

ރައީސް ކަމަށް އިންްތިހާބު ވި ދުވަސްވަރު ސިރިސޭނާ ވިދާޅުވީ ފަސް އަހަރު ވެސް އެއީ ދިގު މުއްދަތެއް ކަމަށެވެ.

"އަޅުގަނޑު ބާރު އެޅިން ރިޔާސީ ދައުރު ހަތަރު އަަހަރަށް ކުޑަ ކުރަން. އެކަމަކު ގާނޫނު އަސާސީއާބެހޭ މާހިރުން އެކަމުގައި އަޅުގަނޑާ އެއްބަސްވެވަޑައެއް ނުގަތް. އެބޭފުޅުން ވިދާޅުވީ ކޮންމެ ހަތަރު އަހަރަކުން އިންތިހާބު ބޭއްވުމަކީ ގައުމަކަށް ރަނގަޅު ކަމެއް ނޫނޭ،" އޭރުގައި ވިދާޅުވެފައި ވެއެވެ.