ވިޔަފާރި

އުރީދުއަށް ފައިދާގެ ގޮތުގައި 140 މިލިއަން ރުފިޔާ

އުރީދޫ އަށް މިދިޔަ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސްގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 472 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 176 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން 173 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އުރީދޫއިން ޓެކުހުގެ ގޮތުގައި 32.5 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ އުރީދޫ މޯލްޑިވްސްއަކީ ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާވާ ކުންފުންޏެވެ. އަދި އެ ކުންފުނިން މިދިޔަ އަހަރު ދިވެހިންނަށް 9.5 ޕަސެންޓް ހިއްސާ ވިއްކި އެވެ.