ވިޔަފާރި

އައިޓީބީއަށް ދާ މީހުންނަށް ރާއްޖޭން ވިސާގެ ހިދުމަތް ދެނީ

0%
0%
0%
  • ވިސާ ސެންޓަރު ހުރި ފޮރިން މިނިސްޓްރީގައި
  • ހުކުރު ދުވަހު ވެސް ސެންޓަރުން ހިދުމަތް ލިބޭ
  • އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދޭ
މިދިޔަ އަހަރު ބޭއްވި އައިޓީބީ ފެއާގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު- އަވަސް ފޮޓޯ

މި އަހަރުގެ މާޗް މަހު، ޖަރުމަނުގައި އޮންނަ އައިޓީބީ ބާލިން ފެއާ އަށް ދާ މީހުންނަށް ރާއްޖެ އިން ވިސާ އެޕްލައިކުރޭ ގޮތް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ޖަރުމަނަށް ދަތުރު ކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާ އަށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވިސާ "އެޕްލިކޭޝަން ސެންޓަރެއް" ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖަރުމަނު، ވިސާ ސެންޓަރު ގާއިމް ކުރަނީ ފޮރިން މިނިސްޓްރީގަ އެވެ. މި ހިދުމަތް ލިބޭނީ ހެނދުނު 09:00 އިން ހަވީރު 18:00 އަށެވެ. ހުކުރު ދުވަހު ވެސް މި ސެންޓަރުގެ ހިދުމަތް ލިބޭނެ އެވެ. ނަމަވެސް ހުކުރު ދުވަހު ސެންޓަރުގެ ހިދުމަތް ލިބޭނީ މެންދުރު ފަހު 2:00 އިން 18:00 އަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާ އެޕްލިކޭޝަން ސެންޓަރުގެ ހިދުމަތް ހޯއްދަން ބޭނުންމަ "އޮންލައިންކޮށް ވިސާ އެޕްލިކޭޝަން" ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށެވެ. އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު އޮތީ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު 11 ޖަހަންދެން ކަމަށެވެ.

އައިޓީބީ ފެއާއަކީ ރާއްޖޭން ގިނަ އަދަދެއްގެ ޓޫރިޒަމް ވިޔަފާރިވެރިން ބައިވެރިވާ ފެއާއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910